އިންޑިއާ އާއިއެކު ފުރިހަމަ ހަނގުރާމައެއް ފަށަންޖެހިދާނެ ކަމުގެ އިންޒާރު ޕާކިސްތާނުން ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އިންޑިއާ އާއިއެކު ފުރިހަމަ ހަނގުރާމައެއް ފަށަންޖެހިދާނެ ކަމުގެ އިންޒާރު ޕާކިސްތާނުން ދީފި
އިންޑިއާ އާއިއެކު ފުރިހަމަ ހަނގުރާމައެއް ފަށަންޖެހިދާނެ ކަމުގެ އިންޒާރު ޕާކިސްތާނުން ދީފިއެވެ. ބުރާސްފަތި ދުވަހު މި އިންޒާރު ދެއްވީ ޕާކިސްތާނުގެ އެއާފޯސްގެ ވެރިޔާ، މާޝަލް ސުހައިލް އަމާން އެވެ.

"އިންޑިއާއިން އެވަނީ ހަނގުރާމަ ފަށައިފަ. އަހަރެމެންނަކަށް ބަލާކަށް ނުތިބެވޭނެ." ކަމަށް ސުހައިލް ވަނީ ވިދާޅުވެފައެވެ.

ސުހައިލް މި އިންޒާރު ދެއްވީ އިންޑިއާ އިން ބުދަ ދުވަހު ދިން ހަމަލާތަކުގައި ޕާކިސްތާނުގެ 12 މީހުން މަރުވެފައިވަނިކޮށެވެ.

މިހަމަލާ އާއި ގުޅިގެން ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ ބުރާސްފަތިދުވަހު ސަލާމަތީ ބާރުތަކާއިއެކު ބައްދަލުވުމެއް ބާއްވަވައިފައެވެ.

ނަވާޒް ޝަރީފް ވިދާޅުވީ ކަޝްMީރުގެ މިނިވަންކަމަށް މަސައްކަތްކުރާ "އަޚުންތައް" އެކަނި ދޫކޮށް ނުލައްވާނެ ކަމަށެވެ.

އިނގިރޭސިވިލަތާއި އެހެންވެސް ބައެއް ބޮޑެތި ޤައުމުތަކުން ދަނީ ދެ ޤައުމުގެ މެދުގައި ހަނގުރާމައެއް ނުފަށައި މައްސަލަ ހައްލުކުރުމަށް ގޮވައިލަމުންނެވެ.
މިއަދު އޮންލައިން