ދުބާއީ ޕޮލިސް ޗީފް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދުބާއީ ޕޮލިސް ޗީފް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ.
ރައްޔިތުންނަށް ފޮރުއްވާނެ އެއްވެސް އެއްޗެއް އަތްޕުޅުގައި ނެތްކަމަށާއި ރައްޔިތުންނަށް ފިއްލަވައިގެން އުޅުއްވަން ޖެހިވަޑައިގަންނަވާ އެއްވެސް ސަބަބެއް ވެސް ނެތްކަމަށް ވިދާޅުވެ ޢާންމު ރައްޔިތުންނާއި ގާތްގުޅުމެއް ބާއްވަވަމުން ގެންދަވާ ދުބާއީ ޕޮލިސް ޗީފް ލެފްޓިނަންޓް ޖެނެރަލް އަލް މަޒައިނާ ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.

މެއަށް އުނދަނގޫފުޅުވާތީ ކުއްލި ގޮތަކަށް ހޮސްޕިޓަލަށް ގެންދެވުނީ ރޭގެ ވަގުތެއްގައެވެ. މާގިނައިރުތަކެއް ނުވެ މަޒައިނާ ވަނީ އަވަހާރަވެފައެވެ. ޑޮކްޓަރުން ބުނީ ހާޓްއެތޭކެއް ކަމަށެވެ.

މިއަދު ޒަބީލް މިސްކިތުގައި ހުކުރު ނަމާދަށްފަހު ވަނީ މަޒައިނާގެ ކަށުނަމާދުކޮށްފައެވެ. ކަށުނަމާދުގައި ދުބާއީގެ އެންމެ އިސްވެރިންނާއި އެތައް ހާސް ޢާންމުރައްޔިތުން ބައިވެރިވިއެވެ.

ދުބާއީ ޕޮލިސް ޗީފް ލެފްޓިނަންޓް ޖެނެރަލް އަލް މަޒައިނާ އަކީ ޢާންމު ރައްޔިތުންގެ ލޯބި ވަރަށް ބޮޑަށް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ގެންދަވަނީ މަހަކު އެއްފަހަރު ޢާންމު ރައްޔިތުންނަށް ދައުވަތު ދެއްވައި ރައްޔިތުންގެ ކަންބޮޑުވުންހުރި ކަންކަމުގެ އަޑު އައްސަވަމުންނެވެ. އެކަންކަމުގެ ތެރެއިން ފުލުހުންނަށް ރަނގަޅުކޮށްދެއްވެން ހުރި ކަންކަން އޭނާ ގެންދަވަނީ ކޮށްދެއްވަމުންނެވެ.

އޭނާ ވިދާޅުވަނީ ރައްޔިތުންނަށް ސިއްރު ކުރައްވާނެ އެއްވެސް ކަމެއް އޭނާގެ "އަތްޕުޅުގައި" ނެތް ކަމަށެވެ. އަދި ރައްޔިތުންނަށް ފިއްލަވަންޖެހިވަޑައިގަންނަވާ އެއްވެސް ކަމެއްވެސް އޭނާއަށް ނެތް ކަމަށެވެ. އެނާ ވަނީ މިގޮތަށް ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ބައްދަލުކުރަން ކެރެނީ ކިތައް ޕޮލިސް ޗީފުންނަށް ކަމާއިމެދު ސުވާލު އުފައްދަވައިފައެވެ.
މިއަދު އޮންލައިން