ބޮލީވުޑްގެ އެންމެ އަގުބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ކެޓްރީނާ ކާއިފް، މަޝްހޫރު ޑިޒައިނަރ މަނޭޝް މަލްހޮތްރާ އާއިއެކު ރާއްޖޭގެ ރިޒޯޓެއްގައި އެބައުޅެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ކެޓްރީނާގެ މިދަތުރަކީ ޝޫޓިންގއަކަށް އޭނާގެ ޓީމާއިއެކު ކުރާ ދަތުރެކެވެ.
ކެޓްރީނާއަކީ ހިންދީ ފިލްމުގެ އިތުރުން ތެލުގު އަދި މަލަޔާލަމް ފިލްމްތައް ވެސް ކުޅެމުން އަންނަ މަޝްހޫރުތަރިއެކެވެ. އެންމެ ބޮޑު އަގު ލިބެމުން އަންނަ ކެޓްރީނާ އަކީ މީޑިއާތަކުގައިވެސް އެންމެ މަޝްހޫރުކަން ލިބިފައިވާ އެއްތަރިއެވެ.
16 ޖުލައި 1983 ގައި އުފަންވި ކެޓްރީނާއަކީ ފިލްމީ ތަރިއެއްގެ އިތުރުން މޮޑެލް ކުރުމާއި ފެޝަން އިޝްތިހާރުކުރުމުގައިވެސް އެންމެ ކުރީ ސަފުގައި ފިޔަޖަހަމުން އަންނަ ތަރިއެކެވެ.