އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށިމުބާރާތުގެ ފައިނަލަށް ހުޅުމާލެ ވިމަންސް ސްޕޯޓްސް އާ ވިދުވަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށިމުބާރާތުގެ ފައިނަލަށް ހުޅުމާލެ ވިމަންސް ސްޕޯޓްސް އާ ވިދުވަރު
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ބަށިމުބާރާތް، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބަރަތުގެ ފައިނަލަށް ހުޅުމާލެ ވިމަންސް ސްޕޯޓްސް އާ ވިދުވަރު ދަތުރުކޮށްފިއެވެ.

ހުޅުމާލެ ވިމަންސް ސްޕޯޓްސް ފައިނަލަށް ދިއައީ ފާއިތުވި 4 އަަހަރުގެ ޗެމްޕިއަނުން ކަމަށްވާ ފީއަލި ޒުވާނުންގެ ގުޅުމާއިއެކު ކުލުނު މެޗް، 24 ލަނޑު 9 ބޯޅަ- 26 ލަނޑު 6 ބޯޅައިން ކާމިޔާބުކޮށްގެންނެވެ.

ވިދުވަރު ޓީމު ފައިނަލަށް ދިއައީ މާބައިދޫ އިސްދަރިވަރުންގެ ގުޅުމާއިިއެކު ކުޅުނު މެޗް، 26 ލަނޑު 11 ބޯޅަ- 28 ލަނޑު 2 ބޯޅައިން ކާމިޔާބުކޮށްގެންނެވެ.

މުބަރާތުގެ 3 ވަނަ ހޮވާ މެޗްގައި ވާދަކުރާނީ މާބައިދޫ އިސްދަރިވަރުންގެ ގުޅުމާއި ފީއަލި އެކުވެރި ޒުވާނުންގެ ޓީމެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 7:00 ގައެވެ.

ހުޅުމާލެ ވިމަންސް ސްޕޯޓްސް އާއި ވިދުވަރު ޓީމް ވާދަކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ހަވިރު 4:00 ގައެވެ.
މިއަހަރުވެސް ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވާނީ މަހާރަނި ފާޠިމަތު އިބްރަހީމް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިއަދު އޮންލައިން