ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން އާކް ހޯދިއިރު އެޓޯލް ޗެމްޕިއަންކަން އައްޑޫއަށް

ކިޔުމަށް ހޭދަވާނީ 52ސ
ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން އާކް ހޯދިއިރު އެޓޯލް ޗެމްޕިއަންކަން އައްޑޫއަށް
މައިލޯ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން އެޑްވޮކޭޓިންގ ރައިޓްސް އޮފް ދި ޗިލްޑްރެން (އާކް) އަދި ފިރިހެން އެޓޯލް ޗެމްޕިއަންކަން އައްޑޫ އަތޮޅު ހޯދައިފިއެވެ.

ފިރިހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން އާކްއިން ހޯދީ ތިން މެޗުން ޕޮލިސް ބަލި ކުރުމަށްފަހުއެވެ. އެޓޯލް ޗެމްޕިއަންކަން އައްޑޫ ހޯދީ ފައިނަލުގައި ނ.ހޮޅުދީ ބީޑީސީ ބަލިކުރުމަށްފަހުއެވެ. ފައިނަލުގައި ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗް ކާމިޔާބު ކޮށްގެންނެވެ.

އަންހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އެމްއައިބީއޭއެވެ. އެއީ ކްލަބު އީގަލްސް ބަލިކުރުމަށްފަހުއެވެ.

އަންހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން އެމްއައިބީއޭއެވެ. އެމްއައިބީއޭއިން ޗެމްޕިއަންކަން ހޯދީ އައްޑޫ ވިމެންސް އެސޯސިއޭޝަން ބަލި ކޮށްފައެވެ. ފިރިހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ޓީމް ސްޓެޓިކުންނެވެ. އެއީ ފައިނަލުގައި ދަންވަރު ފްރެންޑްލީ ބެޑްމިންޓަން ޓީމް ބަލިކުރުމަށްފަހުއެވެ.



މިއަދު އޮންލައިން