ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ޓީސީ އާއި އީގަލްސް މާދަމާ ހަވީރު ބައްދަލު ކުރާނެ

ކިޔުމަށް ހޭދަވާނީ 1މ 15ސ
ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ޓީސީ އާއި އީގަލްސް މާދަމާ ހަވީރު ބައްދަލު ކުރާނެ
ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބު މާދަމާ ހަވިރު ގަލޮޅު ދަނޑުގައި ބައްދަލު ކުރާނެއެވެ.

ފުރަތަމަ ޑިވިޝަނުގައި މިހާތަނަށް މިދެކްލަބަށް ތައްޓެއް ކާމިޔާބު ކުރެވިފައި ނުވާ މިދެކްލަބުން ފޯރިގަދަ ފައިނަލަށް ނިކުންނައިރު ގްރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލު ކުރި މެޗް 2-0 އިން ކާމިޔާބު ކުރީ އީގަލްސްއެވެ.

މިސީޒަނުގައި ދިވެހި ޕްރިމިއަރ ލީގުގައި އީގަލްސް ފަހަތަށް ޖައްސާލުމަށްފަހު ޓީސީން ވަނީ ދެވަނަ ހޯދާފައެވެ. އަދި އެފްއޭ ކަޕް ކުއާޓާފައިނަލުން އީގަލްސް ކަޓުވާލީވެސް ޓީސީއެވެ. އެހެންނަމަވެސް ޓީސީ ވަނީ އެފްއޭ ކަޕް ފައިނަލުގައި ކްލަބު ވެލެންސިޔާ އަތުން 3-1 އިން ބަލިވެފައެވެ.

ޕްރެޒިޑެންޓްސް ކަޕް ފައިނަލުން އީގަލްސް ޖާގަ ހޯދީ ގްރޫޕް ދޭއްގެ އެއްވަނަ ހޯދައި ސެމީފައިނަލުގައި ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. ފައިނަލުން ޓީސީ ޖާގަ ހޯދީ ގްރޫޕް ދޭއްގެ ދެވަނަ ހޯދައި ސެމީފައިނަލުގައި ވަރުގަދަ މާޒިޔާ 2-0 އިން ބަލިކޮށްފައެވެ.

މިސީޒަނުގައި އެންމެ ވާދަވެރިކޮށް ފެނުނު މިދެކްލަބު ވަނީ މިއަހަރު ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުގައިވެސް ވާދަ ކޮށްފައެވެ. އެމެޗް 5-3 އިން ކާމިޔާބު ކުރީ އީގަލްސްއެވެ.

ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބު މިއަދު ހަވިރު 3:50 ގައި ގަލޮޅު ދަނޑުގައި ބައްދަލު ކުރާ މެޗް ޓީވީއެމްއިން ވަގުތުން ދުރައް ދައްކާނެއެވެ.
މިއަދު އޮންލައިން