ރޯވިން ޕްރޮމޯޓު ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ރޯވިން ޕްރޮމޯޓު ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވައިފި
އައްޑޫސިޓީގައި ރޯވިން ޕްރޮމޯޓުކޮށް ކުރިއެރުވުމުގެ ގޮތުން ހިތަދޫގައި ޚާއްސަ ހަވީރެއް ބާއްވައިފިއެވެ.

އޯޕަންޑޭ ގެ ނަމުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ. ޒުވާނުންނަށް މި ކުޅިވަރު ތައާރަފްކޮށްދީ މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމަށްޓަކައި ބޭއްވި މިހަރަކާތުގައިވަނީ ފަލި ޖެހުމުގެ ފުރުސަތުވެސް ދީފައެވެ. ފަލިޖެހުން ތަޖުރިބާ ކުރަން ބޭނުންވި ހަތްދިހަވަރަކަށް މީހުންނަށް އެފުސަތުދީފައިވެއެވެ.

ފަލިޖެހުމުގެ ހަރަކާތުގައި ބައިވެރިވި މީހުންގެ މެދުގައި އިއްޔެވަނީ ލަކީޑްރޯއެއްވެސް ނަގައިފައެވެ. އެއިން އެއްވަނައަށް ދިޔަ ފަރާތަށް ދީފައިވަނީ ގަމާއި މާލެއާ ދެމެދުގެ ދެކޮޅު ޓިކެޓެވެ. ދެވަނަ، ތިންވަނަ އަދި ހަތަރުވަނަށް އަށް ދީފައިވަނީ ދިރާގުގެ ޑޮންގްލް އެވެ.

ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ ރޯވިންއަކީ ރާއްޖެއަށް ވަރަށް އައު ކުޅިވަރަކަށްވުމުން އެކުޅިވަރަށް ޝައުގުވެރިކަން ހުންނަ މީހުން މިހާތަނަށް ފެނިފައިވަނީ ވަރަށް މަދުންކަމަށެވެ. އެހެންނަމަވެސް އިއްޔެގެ ހަރަކާތުގެ ސަބަބުން ރޯވިންއަށް ވަރަށް ޝައުގުވެރިކަން ހުންނަ ކުދިންނާއި ޒުވާނުން ތިބިކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

އިއްޔެގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ކުޑަކުދިންނާ ގުޅޭ ބައެއް ހަރަކާތްތައްވެސް އެކުގައެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާޖަގަ ކުރެވިފައިވަނީ ފޭސް ޕެއިންޓިންއެވެ. އެ ހަރަކާތުގައި ކުދިންވަނީ ވަރަށް ގަޔާވެގެން ބައިވެރިވެފައެވެ.
މިއަދު އޮންލައިން