ބްރެޒިލްގެ ފުޓްބޯޅަ ޓީމް ގޮވައިގެން ކޮލަމްބިއާއަށް ދަތުރުކުރަނިކޮށް މިއަދު ވެސްޓުނު ފްލައިޓުން ސަލާމަތްވީ އެންމެ ކުޅުންތެރިއެއް ކަމަށް ޚަބަރު ލިބިއްޖެއެވެ.
ފްލައިޓުން ދަތުކުރި 81 މީހުންގެ ތެރެއިން ސަލާމަތްވިކަމަށްވަނީ 5 މީހުންނެވެ. އެއިގެތެރޭގައި މަޝްހޫރު ޑިފެންޑަރު އަލް ރުޝޭލް ހިމެނޭކަމަށް މިހާރު ވަނީ މައުލޫމާތު ލިބިފައެވެ.
މަރުވެފައިވާ މީހުންގެ ހަށިތައް ހޯދަން ދަނީ މަސައްކަތކުރަމުންނެވެ. އަދި މިހައިތަނަށް ފެނުނުކަމަށްވަނީ 25 މީހުންގެ ހަށިގަނޑެވެ. ފްލައިޓް ވެށްޓެން މެދުވެރިވި ސަބަބެއް ކަމަށް ބުނެފައިވަނީ ކަރަންޓްގެ މައްސަލައެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު މައުލޫމާތު އަދި ހާމައެއް ނުކުރެއެވެ.
ސަރަހައްދީ މުބާރާތެއްގައި މާދަމާ ކުޅެން ކޮލަމްބިއާއަށް ދަތުރުކުރި ޓީމުގައި ބްރެޒިލްގެ ޤައުމީ ޓީމުގެ ގިނަ އަދަދެއްގެ ކޫލުންތެރިން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.