ތައިލަންޑުގެ ރަސްކަމާ ހަވާލުވެވަޑައިގަތުމަށް ކްރައުން ޕްރިންސް މަހާއަށް ދައުވަތު އަރުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ތައިލަންޑުގެ ރަސްކަމާ ހަވާލުވެވަޑައިގަތުމަށް ކްރައުން ޕްރިންސް މަހާއަށް ދައުވަތު އަރުވައިފި
ތައިލަންޑްގެ ރަސްކަމާއި ހަވާލުވެވަޑައިގަތުމަށް ކްރައުން ޕްރިންސް މަހާ ވަޖިރަލޮންކޮމްއަށް އެ ޤައުމުގެ ޕާލަމެންޓުން ދައުވަތު އަރުވައިފިއެވެ.

މިދިއަ މަހު 13 ވަނަ ދުވަހު ރަސްގެފާނު އަވަހާރަވުމާއި ގުޅިގެން ތައިލަންޑްގެ ރައްޔިތުން އަދިވެސް އަންނަނީ ހިތާމަކުރަމުންނެވެ. ރަސްގެފާނަމީ ވެރިކަމާއި ރަސްމީކޮށް ބެހިވަޑައިގަންނަވާ ބޭފުޅެއް ނޫން ނަމަވެސް އުފެދޭ މައްސަލަތައް ޙައްލުކުރައްވަން ރަސްގެފާނު ގެންދަވަނީ މެދުވެރިއެއްގެ ދައުރު އަދާކުރައްވަމުންނެވެ.

ތައިލަންޑުގެ ރަސްކަން ކްރައުން ޕްރިންސް މަހާ އާއި ހަވާލުކުރުމަށް ވަޒީރުންގެ މަޖިލީހުން ވެސް ވަނީ ނިންމައިފައެވެ. އަދި އެކަން ވަނީ ޕާލަމެންޓަށް ރަސްމީކޮށް އަންގައިފައެވެ.

ތައިލަންޑްގެ އާދަކާދަ އޮންނަ ގޮތުން އައު ރަސްކަލަކު ތަޚުތުގައި ވެޑުވުމަކީ ޚާއްޞަ ރަސްމިއްޔާތެއްގައި ޕާލަމެންޓުން ކުރަންޖެހޭ ކަމެކެވެ. ޕްރިންސް މަހާ ތަޚުތުގައި ވަޑުވަން ހަމަޖެހުމާއި ގުޅިގެން ޕާލަމެންޓުގެ މެންބަރުން ވަނީ އުފާ ފައުޅުކޮށް ރަސްގެފާނަށް ދިގު އުމުރުފުޅަކަށް އެދިފައެވެ.
މިއަދު އޮންލައިން