މަޖައްލާއަކަށް ބޭނުންވާ ފޮޓޯތަކެއް ނަގަން ރާއްޖެ އައިސް ހުރި އިންޑިއާގެ މަޝްހޫރު ތަރި އަދި މޮޑެލް ކެޓްރީނާ ކައިފްގެ ސަބަބުން ރާއްޖެއަށް ބޮޑު އިޝްތިހާރެއް ލިބެމުން އެބަދެއެވެ.
މަސައްކަތާއިއެކު ޗުއްޓީ ހޭދަކުރަމުން ގެންދާ ކެޓްރީނާ ގެންދަނީ ކޮންމެ ދުވަހަކުވެސް ތަފާތު ފޮޓޯތަކާއި ވީޑިއޯތައް އޭނާއަށް ތާއީދުކުރާ ފަރާތްތަކަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވަމުންނެވެ. އެހެންކަމުން ރާއްޖެއައިންސުރެ ކޮންމެ ދުވަހަކުވެސް ރާއްޖޭގެ މަންޒަރުތަކާއި ޚަބަރުތައް އިންޑިއާގެ އެންމެ ބޮޑެތި ނޫސްތަކުގައިވެސް ގެންދަނީ ޝާއިއުކުރަމުންނެވެ.
ހިންދީ ފިލްމުގެ އިތުރުން ތެލުގޫ އަދި މަލަޔާލަމް ފިލްމުތަކުންވެސް ކެޓްރީނާ ފެންނާތީ އޭނާއަކީ އެތައް މިލިއަން ބައެއްގެ ތާއީދު ލިބިފައިވާ ތަރިއެކެވެ.
އެހެންކަމުން ކެޓްރީނާގެ ސަބަބުން އިންޑިއާގެ އެތައް މިލިއަން ބައަކަށް ރާއްޖޭގެ ރީތިކަން އިޝްތިހާރުވެގެންދާނެއެވެ.