ޠާލިބާނުން އަފްޣާން ޔުނިވަރސިޓީގެ ދަރިވަރަކު ޢާންމުންނަށް ދައްކައިގެން ދަންޖައްސައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޠާލިބާނުން އަފްޣާން ޔުނިވަރސިޓީގެ ދަރިވަރަކު ޢާންމުންނަށް ދައްކައިގެން ދަންޖައްސައިފި
ޠާލިބާނުން އަފްޣާން ޔުނިވަރސިޓީގެ ދަރިވަރަކު ޢާންމުންނަށް ދައްކައިގެން ދަންޖައްސައިފިއެވެ.

ހުކުރު ދުވަހު ދަރިވަރު ދަންޖައްސަން ފެށުމުން އުމުރުން ދުވަސްވީ މީހުން ވަނީ އެކަމުގެ ތެރެއަށް ވަދެ އެކަން ހުއްޓުވަން މަސައްކަތްކޮށްފައެވެ. ނަމަވެސް ޠާލިބާނުން ވަނީ އެއްވެސް މީހެއްގެ އަޑު ނުއަހައި ދަރިވަރު ދަންޖައްސައިފައެވެ.

އެކަންކުރި މީހުން ބުނީ ދަރިވަރަށް މަރުގެ އަދަބު ދިނީ ެމީހުންގެ އިންޓެލިޖެންސް އިސް އޮފިސަރަކު މަރާފައިވާތީ ކަމަށެވެ.

ޠާލިބާނުންގެ މައި ޖަމާއަތުން ބުނެފައިވަނީ އެކަމުގެ މައުލުމާތު ލިބިފައި ނެތް ކަމަށާއި އެކަން ބަލާނެ ކަމަށެވެ. އަފްޣާނިސްތާން ސަރުކާރުން ވެސް ވަނީ އެ މައްސަލަ ބަަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

2001 ވަނަ އަހަރު ޠާލިބާނުންގެ ވެރިކަން ގެއްލުނީންސުރެ އެމީހުންނަށް ގޯނާކުރާކަމަށް ބެލެވޭމީހުންނަށް ގެންދަނީ މަރުގެ އަދަބު ދެމުންނެވެ.
މިއަދު އޮންލައިން