ސަލްމާން ރަސްގެފާނަށް ޔުއޭއީ އިން ހޫނު މަރްޙަބާއެއް ދަންނަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ސަލްމާން ރަސްގެފާނަށް ޔުއޭއީ އިން ހޫނު މަރްޙަބާއެއް ދަންނަވައިފި
ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ.

އަބޫދާބީގެ އެއާޕޯޓުން ސަލްމާން ރަސްގެފާނަށް މަރްހަބާ ވިދާޅުވީ ޔޫއޭއީގެ ވައިސް ޕްރެޒިޑެންޓް އަދި ޕްރައިމް މިނިސްޓަރ ހިޒް ހައިނަސް މުޙައްމަދު ބިން ޒަޔިދު އަލްނަޙްޔާން އާއި ޔޫއޭއީގެ އިސްވެރިންނެވެ.

ޔޫއޭއީއަށް ސަލްމާން ރަސްގެފާނު ކުރައްވަމުން ގެންދަވާ ދަތުރުފުލުގެ އިތުރު ތަފްޞީލް އަދި ލިބިފައެއް ނުވެއެވެ. ސަލްމާން ރަސްގެފާނުު ގެންދަވަނީ އަރަބި ޤައުމުތަކާއި ގުޅުން ބަދަހިކުރެއްވުމަށް ދަތުރުފުޅުތައް ކުރައްވަމުންނެވެ.

ޔޫއޭއީ އަކީ ވިޔަފާރީގެ ގޮތުންވެސް ސައުދިއަރަބިޔާގެ އެންމެ ގާތް އެއް ޤައުމެވެ. އަދި ސަރަހައްދީ މައްސަލަތަކުގައި ދެ ޤައުމުން އަމަލުކުރަމުން ގެންދަނީ އެއްގޮތް ސިޔާސަތުތަކަށެވެ.
މިއަދު އޮންލައިން