ކޮރަޕްޝަން މައްސަލަތަކުގަ މަރަން ޙުކުމްކުރި އީރާނުގެ ބިލިއަނަރު މަރަން ހައިކޯޓުންވެސް ތާއީދުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ކޮރަޕްޝަން މައްސަލަތަކުގަ މަރަން ޙުކުމްކުރި އީރާނުގެ ބިލިއަނަރު މަރަން ހައިކޯޓުންވެސް ތާއީދުކޮށްފި
ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެން މަރަން ޙުކުމްކުރި އީރާނުގެ ބިލިއަނަރު، ބަލަކް ޒަންޖާނީ މަރަން ދަށުކޯޓުން ޙުކުމަށް ހައިކޯޓުންވެސް ތާއީދުކޮށްފިއެވެ.

މިއަހަރުގެ މާޗްމަހު ބިލިއަނަރު މަރަން ޙުކުމްކޮށްފައިވަނީ އީރާނުގެ ޤާނޫނުތަކާއި ޚިލާފަށް ބޭރުގެ ކުންފުނިތަކާއިއެކު ބިލިއަނުން ފައިސާގެ މުއާމަލާތުތަކެއް ކޮށްފައި ހުރުމުންނެވެ. އަދި އީރާނުގެ ސަރުކާރުގެ ތެޔޮ ގަތުމަށްފަހު ދޭންޖެހޭ ފައިސާގެ ތެރެއިން 2.7 ބިލިއަން ޑޮލަރު ނުދީ ހިފަހައްޓާފައިވުމުންނެވެ.

ބިލިއަނަރު މެރުމަށް ގިނަ ބައަކު ދެކޮޅު ހަދަމުން ގެންދާއިރު އެއިގެ ތެރޭގައި އީރާނުގެ ރައީސް ހަސަން ރޫހާނީވެސް ހިމެނިވަޑައިގަންނަވައެވެ. ރޫޙާނީ ވިދާޅުވަނީ އޭނާ މަރައިފި ނަމަ އޭނާގެ އަތުން ސަރުކާރަށް ލިބެންޖެހޭ ފައިސާ ނުހޯދޭނެ ކަމަށެވެ.

ބިލިއަނަރު ގެ އެސެޓުގައި 10 ބިލިއަން ޑޮލަރު އެބަހުރިކަމަށާއި ދަރަނީގައިވެސް ހަމައެހައިވަރު އެބަހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެން އީރާނުގައި ދަނީ މަރުގެ އަދަބު ތަންފީޒުކުރަމުންނެވެ.
މިއަދު އޮންލައިން