މައިލޯ 43 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ޕޮލިސް ކޯޕްރަލް މުޙައްމަދު ސާރިމް ރަޝީދު ހޯދައިފިއެވެ.
ސާރިމް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސިންގަލްސް ބައިގެ ފައިނަލުގައި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެރޭ ޙުސައިން ޒަޔާން ޝަހީދު ޒަކީ އާ ވާދަކޮށް 2-1 ގޭމުން މެޗު ކާމިޔާބުކޮށްގެންއެވެ.
މިމެޗުގައި ފުރަތަމަ ގޭމް 21-18 ން ޒަޔާން ކާމިޔާބުކުރިނަމަވެސް ސާރިމް ވަނީ ކުޅުން ރަނގަޅުކޮށް ދެން ކުޅުނު ދެ ގޭމް ކަމިޔާބުކޮށްފައެވެ. ސާރިމް މި ދެގޭމް ކާމިޔާބުކުރީ 21-16 އަދި 21-14 ންއެވެ.
ޤައުމީ ބެޑްމިންޓަން މުބާރާތުގައި ސާރިމްވަނީ ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލް އަދި މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލުގައިވެސް ވާދަކޮށްފައެވެ. މިކްސް ޑަބަލްސް ފައިނަލްގައި ސާރިމްގެ ޕެއަރ ބަލިވެފައިވަނީ 2 ގޭމް 1 ގޭމުންއެވެ.