ޙަލްބްގެ އިރުމަތީ ސަރަހައްދު ދުލެއް ނުކުރާނަން- އަމާނެއްވެސް ނުދޭނަން: ހަނގުރާމަވެރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ޙަލްބްގެ އިރުމަތީ ސަރަހައްދު ދުލެއް ނުކުރާނަން- އަމާނެއްވެސް ނުދޭނަން: ހަނގުރާމަވެރިން
ހަލްބްގެ ބޮޑު ސަރަހައްދެއް ބަޝާރުލްއަސަދުގެ ސިފައިން ހިިފި ނަމަވެސް ހަލްބްގެ އިރުމަތީ ސަރަހައްދު ދޫކޮށް ނުދާނެކަމަށް ހަނގުރާމަވެރިންގެ އޮފިސަރުން ބުނެފިއެވެ.

އެމީހުން ބުނީ ރައްޔިތުން ބޭނުންނަމަ ފައިބައިގެން ދެވިދާނެ ކަމަށާއި ނަމަވެސް އެމިހުން ތިބީ ބަޝާރުލްއަސަދުގެ ސިފައިންނަށް އަމާންދޭ ގޮތަކަށް ނޫން ކަމަށެވެ.

އީރާނާއި ރަސިއާ އިން ބުނަމުން ގެންދަނީ އެމިހުން ދެމިތިބޭނީ ބަޝާރުލްއަސަދާއިއެކުގައި ކަމަށާއި ޓެރަރިޒަމް ނައްތައިލަންޖެހޭ ކަމަށެވެ. އިރާނުގެ ރައީސް ހަސަން ރޫޙާނީ ވިދާޅުވީ ސިރިޔާގެ މުސްތަޤްބަލާއިމެދު ގޮތް ނިންމާނީ ސީރިޔާގެ ރައްޔިތުން ކަމަށާއި އެއީ އެހެން ބައަކު ކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ.

އދގެ މަންދޫބު ބުނަނީ ހަނގުރާމަ މިހާރު ކުރިއަށްދާ ގޮތަށް ކުރިއަށްދާނަމަ މިއަހަރުގެ ނިޔަލަށް ހަލްބު ބަޝާރުލް އަސަދުގެ ސިފައިންގެ ބާރުގެދަށަށް ދާނެ ކަމަށެވެ.

އީޔޫގެ ޕޮލިސީ ޗީފް ރިޑާރިއާ ހޮނިހިރު ދުވަހު ބުނެފައިވަނީ ބަޝާރުލްއަސަދުގެ ސިފައިން ހަލްބް ހިފި ނަމަވެސް ސީރިޔާގެ މައްސަލައަށް ހައްލެއް އަތުވެދާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.

ހަލްބް ހިފުމަށް ބަޝާރުލްއަސަދުގެ ސިފައިން ހަނގުރާމަ ފެށިފަހުން އެކަނިވެސް 50،000 އަށްވުރެ ގިނަ އާންމުރައްޔިތުން ވަނީ ޙަލްބް ދޫކޮށް ގޮސްފައެވެ.
މިއަދު އޮންލައިން