ހަލްބްގެ ރައްޔިތުން އަނބުރައި ގެތަކަށް ދާން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ހަލްބްގެ ރައްޔިތުން އަނބުރައި ގެތަކަށް ދާން ފަށައިފި
ސިރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ގޮސްތިބި ހަލްބުގެ ހުޅަނގުގެ ސަރަހައްދުގެ މީހުން އަނބުރައި ގެތަކަށްދާން ފަށައިފިއެވެ.

މިގޮތުން އިއްޔެ ވަނީ 10 ބަސް ފުރެންދެން މީހުން ގެންގޮސްފައެވެ. ކުރިން ދިހަ ގަޑިއިރު ހޭދަވާ މިދަތުރުތަކަށް އިއްޔެ ނަގާފައިވަނީ އެންމެ ބައިގަޑިއިރެވެ.

ސަރުކާރުގެ ސިފައިން މިހާރު ވަނީ ހަލްބްގެ ހުޅަނގުގެ ބޮޑު ސަރަހައްދެއް ހަނގުރާމަވެރިންގެ ކިބައިން ސަލާމަތްކޮށްފައެވެ. މިކަމާއި ގުޅިގެން ގިނަ ބައަކު ދަނީ އުފާކުރަމުންނެވެ. ބައެއް މީހުން ބުނެފައިވަނީ އެމީހުންނަށް އެނބުރި ގެތަކަށް މިދެވެނީ 6 އަހަރު ފަހުން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަނގުރާމަވެރިން ހިފައިގެން ތިބި ހަލްބުގެ ސަރަހައްދުން 60 އިންސައްތަ މިހަރު ވަނީ ސަރުކަރު ހިފާފައެވެ.

އެނބުރި ދިއަ ބައެއް މީހުން ބުނެފައިވަނީ އެމިހުން ގޮސް ވަންނާނެ ގެއެއް މިހާރު ނެތް ކަމަށާއި ގެތައް ވަނީ ހަލާކުކޮށްލާފައި ކަމަށެވެ. ނަމަވެސް އެނބުރި ދަނީ އާއިލާގެ މީހުން ދެކެލުމަށް ކަމަށެވެ.
މިއަދު އޮންލައިން