ފިލްމް ކުޅެނިކޮށް ވެށްޓި ރަޖްނީކާންތުގެ ކަކުލަށް އަނިޔާވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ފިލްމް ކުޅެނިކޮށް ވެށްޓި ރަޖްނީކާންތުގެ ކަކުލަށް އަނިޔާވެއްޖެ
ތަމަޅަ ސައިންސް ފިކްޝަން ފިލްމް 2.0 ގެ މަންޒަރުތައް ނަގަމުން ދަނިކޮށް ވެށްޓި މަޝްހޫރު ތަރި ރަޖްނީ ކާންތުގެ ކަކުލަށް އަނިޔާވެއްޖެއެވެ.

ރަޖްނީ ކާންތު ވެށްޓުނީ ފިލްމުގެ އެންމެ ނުރައްކާތެރިކަމަށް ބެލެވޭ މަންޒަރެއް ނަގަމުން ދަނިކޮށެވެ. އަނިޔާ ލިބުމުން ހޮސްޕިޓަލަށް ގެންދިއުމުން ބައިގަޑިއެއްހާއިރު ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.

ރަޖްނީ ކާންތް ހޮސްޕިޓަލަށް ގެންދިއުމުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ހޮސްޕިޓަލު ކައިރިއަށް އެއްވެފައެވެ. ހޮސްޕިޓަލުން ނުކުމެ އެއްވެފައިތިބި ސަޕޯޓަރުންނާއި ސަލާންކުރަމުން ކާރަށް އަރާ މަންޒަރު ވަނީ ޓީވީން ދައްކައިފައެވެ.

4 ބިލިއަން ރުޕީސް ކަރަދުކޮށްގެން އުފައްދާ މިފިލްމުގެ އިތުރު ތަރިންގެ ގޮތުގައި އަކްޝޭ ކުމާރު، އެމީ ޖެކްސަން، ސުދާޝޫ ޕާންޑޭ އަދި ޢާދިލް ޙުސައިން ހިމެނެއެވެ.
މިއަދު އޮންލައިން