ސީރިޔާގައި ހަރަކާތްތެރިވަމުންދާ ރަސިއާ ސިފައިން މިއަދު ދިން ހަމަލާތަކެއްގައި އިދްލީބްގެ 46 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިދްލިބްގެ އުތުރު ހުޅަނގުގެ 3 ސަރަހައްދަކަށް ވަނީ ރަސިއާ ސިފައިން ވައިގެ ހަމަލާތައް ދީފައެވެ. އަދި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޢާންމު ރައްޔިތުންނާއި ކުޑަކުދިންވެ.
މިހަމަލާތައް ދީފައިވަނީ ކުއްލިއަކަށެވެ. ބޮންތައް އޮއްސައިލުމަށްފަހު ކޮން ބައެއްގެ ބޯޓުތަކެއްކަން ނުއެންގުމަށްޓަކައި ބާރު ސްޕީޑްގައި ބޯޓުތައް ވަނީ އުދުހިގެން ގޮސްފައެވެ.
ސީރިޔާގެ ކަންކަން މޮނިޓަރކުރަމުން ގެންދާ ގްރޫޕުން ވަނީ މިހަމަލާތައް ކަށަވަރުކޮށްދީފައެވެ.