މިޔަންމާގެ ދަގަނޑު އަންހެނާ، ސޫކީ އެޤައުމުގައި ތިބި މުސްލިމުންގެ ދަރިކޮޅެއް މަރައި ހުސްކުރަމުން ގެންދާއިރު އެކަމާ ދުނިޔެ ކަންބޮޑުވާތީ ބައެއް މީޑިއާތަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
އަލްޖަޒީރާ ބުނާ ގޮތުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް މިހާރު ދަނީ ދަގަނޑު އަންހެނާގެ ހެލިކޮޕްޓަރުތަކުގައިވެސް ހަމަލާދެމުންނެވެ. ތަންކޮޅެއް ގިނަ މީހުން މަގުމަތިން ފެނިއްޖެ ނަމަ ހެލިކޮޕްޓަރުތަކުގައި ދޭ ހަމަލާތައް އިތުރުވެއެވެ.
ފައިޒުލް ކިޔާ މީހަކު ބުނީ ސިފައިން އައިސް އެއްވެސް ވަރަކަށް ބެލުމެއް ނެތި ބަޑިން ހަމަލާދިން ކަމަށާއި ބައެއް މީހުން ދިރިތިއްބާ އަންދާ ހެދި ކަމަށެވެ. އަދި ބައެއް އަންހެން ކުދިންވެސް އަލިފާންގަނޑަށް އުކައި އެންދިކަމަށެވެ.
ފައުޅުގައި ދުވާލާއި ރޭގަނޑު މިފަދަ ބޮޑެތި ޖަރީމާތައް ހިންގަމުންދާއިރުވެސް ދަގަނޑު އަންހެނާގެ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ދުނިޔެ ވަނީ ނުކުޅެދިފައެވެ. އެންމެ ކުޑަމިނުން ދަގަނޑު އަންހެނާ އާއި ދެކޮޅަށް ބަހެއް ބުނެލަނީވެސް މަދު މީހެކެވެ.
ދަގަނޑު އަންހެނާއަށް މިޔަންމާގެ ބާރުތައް ދިނުމަށް ވަކާލާތުކުރި މީހުން މިއަދަކު ނުފެނެއެވެ. އެއިގެ ތެރޭގައި ރާއްޖޭގެ ރައީސްކަން ކުރެއްވިި މުޙައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ. ރައީސް ނަޝީދު ފަދައިން ދަގަނދު އަންހެނާއަށް ތާއީދުކުރި ދުނިޔޭގެ އެކިފެންވަރުގެ މީހުން، ދަގަނޑު އަންހެނާ މިއަދު ހިންގަމުން ގެންދާ ޖަރީމާތަކުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނެއެވެ.