ކަރާޗީގެ މަޝްހޫރު ހޮޓަލެއްގަ އަލިފާނުގެ ހާދިސާއެއް ހިނގައި 11 މީހުން މަރުވެ 75 މީހުންނަށް އަނިޔާވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ކަރާޗީގެ މަޝްހޫރު ހޮޓަލެއްގަ އަލިފާނުގެ ހާދިސާއެއް ހިނގައި 11 މީހުން މަރުވެ 75 މީހުންނަށް އަނިޔާވެއްޖެ
ކަރާޗީގެ މަޝްހޫރު ހޮޓަލެއް ކަމަށްވާ ކަރާޗީ ރީޖަންތް ޕްލާޒާ ހޮޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި 11 މީހުން މަރުވެ 75 މީހުންނަށް އަނިޔާވެއްޖެއެވެ.

ރޭ ފަތިހު ހިނގި މިހާދިސާ ހިނގާފައިވަނީ ތިރީބުރީގައި ހުރި ރެސްޓޯރަންޓެއްގެ ބަދިގޭގައެވެ. އެތަނުގައި ހިފި އަލިފާން ހޮޓަލަށް ފެތުރިގެންދިއައީ އެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި 4 އަންހެނުންވެސް ހިމެނެއެވެ. ގިނަ މީހުން މަރުވީ ދުމުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ.

ހާދިސާ ހިނގުމުން ނުކުމެވޭނެ ގޮތެއް ނެތިގެން ބައެއް މީހުން ކުޑަދޮރުން ބޭރަށް ފުންމައިލުމުން ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ.

ކަރާޗީގެ މޭޔަރ ވަސީމް އަޚްތަރު ހޮޓާ ބޭރުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހޮޓާ ހަދާފައި ހުރި ގޮތުން އިމަރޖެންސީގައި ތިރިއަށް ފައިބައި ނުކުމެވޭނެ ގޮތެއް ނެތް ކަމަށާއި ފަޔަރ އަލާމް ސިސްޓަމްވެސް ހޮޓަލުގައި ނެތް ކަމަށެވެ.
މިއަދު އޮންލައިން