އައްޑޫސިޓީ ޓީމާއި އަވަ އަށް އައްޑޫން ހޫނު މަރުހަބާއެއް ކިޔައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އައްޑޫސިޓީ ޓީމާއި އަވަ އަށް އައްޑޫން ހޫނު މަރުހަބާއެއް ކިޔައިފި
ނިމިގެންދިޔަ ނުވަނަ ބެޑްމިންޓަން އަތޮޅުލީގުގެ ޗެންޕިކަން ހޯދި އައްޑޫ ސިޓީ ޓީމާއި، ގައުމީ ތެޔާޅީސްވަނަ ބެޑްމިންޓަން މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ ދެވަނަ ހޯދި އައްޑޫ ވިމެން އެސޯސިއޭޝަން (އަވަ) ޓީމަށް އައްޑޫއިން ރޭ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ގަން އިންޓަރނޭޝަނަލް އެއާޕޯޓުން މި ދެ ޓީމަށް މަރުހަބާ ދެންނެވީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގާއި، ބައެއް ކައުންސލަރުންނާއި އާންމުންގެ ގައެއް މީހުންނެވެ. ޓީމުގެ ކުޅުންތެރިން ޓާމިނަލުން ނުކުތުމަށްފަހު ތަށި ދިނީ މޭޔަރާ ސޯބެއަތަށެވެ. އެއާޕޯޓުގެ ހަރަކާތްތަކަށްފަހު ތައްޓާއެކު ރަށުތެރޭގައި ބުރެއް ޖަހާލުމަށްފަހު ޓީމް ދެންދިޔައީ ސިޓީ ކައުންސިލް އިދާރާއަށެވެ. މޭޔަރާ ރަސްމީކޮށް ތަށި ހަވާލުކުރުން އޮތީ އެތަނުގައެވެ. އަދި ފިރިހެން ޓީމާއި އަންހެން ޓީމުގެ ޝަރަފުގައި ސިޓީކައުންސިލުން ބޭއްވި ރޭގަނޑުގެ ޚާއްސަ ކެއުމެއްވެސް މިރޭ އެތާގައި އޮތެވެ.

އައްޑޫ ސިޓީ ޓީމުން މުބާރާތުގެ ތަށި އުފުލާލީ ނ. ހޮޅުދުއާ ފައިނަލުގައި ބައްދަލުކޮށް މޮޅުވެގެންނެވެ. މި މުބާރާތާއެކު ކުރިއަށް ގެންދިޔަ 43 ވަނަ ގައުމީ ބެޑްމެންޓަން މުބާރާތުގެ އެއްވަނަ ޑިވިޝަންގައި ވާދަކުރި އައްޑޫ ވިމެން އެސޯސިއޭޝަން (އަވަ) އިން ވަނީ މުބާރާތުގެ ދެވަނަ މަގާމު ހޯދައިފައެވެ. އެޓީމުވެސް ރޭ ވަނީ އައިސްފައެވެ.
މިއަދު އޮންލައިން