ފެނުނު ހުވަފެނަކު ރޭ މަށަށް ދޮން ރަނާ
.......................ފެނުނުހިނދު ގޮވައިލިން ކިޔައި ދޮންރަނާ
ހިތަށް ވީގޮތުން އޮވެ ނިތަށް ރޫ އަރައި
.......................ބިތަށް ފުރޮޅެމުން އޮވެ ގޮވިން ދޮންރަނާ
ރިވެތި ހޫރެކޭ ދިވެހި ލޭ މޮޅު ހިނގާ
.......................ބިވެތިލޯ ނުހަނު ކަން ފެނުނު ދޮންރަނާ
ވަނާތައް ލޮލަށް ފެނި އަނާ ވިސްނަމުން
.......................ސަނާ ފެށި ކިޔަން އަޑު އެހީ ދޮންރަނާ
އަޑުން ނަލަ ހިމުން މަޑުމަޑުން ފެށި ބުނަން
......................."ކަނޑުން އެރި ދެޔޯއެއް މިއީ ދޮންރަނާ"
ދެވުނު ހިތްމަގޭ ފެވުނު ހިތުގައި އެ ނަން
.......................ވެވުނު ލޯތްބަކުން ދެކެ ރިވެތި ދޮންރަނާ
ދެހިތް ގުޅި އެހިތް ޖެހި މަށާއެކު އުޅެން
.......................އެހިތް ދީ ރުހޭބަސް ދިނީ ދޮންރަނާ
މަށަށް ހޭލެވުނުއިރު ދަށަށް އިސްޖަހައި
....................މަށަށް ކުދިކިޔަން އިން މަގޭ އަނބިރަނާ