ފަލަސްޠީނުގެ 10 ޒުވާނުން ހައްޔަރުކޮށް މަސްވެރިންނަށް ހަމަލާދޭން ފެށުމުން އަރަބި ލީގް ކަންބޮޑުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ފަލަސްޠީނުގެ 10 ޒުވާނުން ހައްޔަރުކޮށް މަސްވެރިންނަށް ހަމަލާދޭން ފެށުމުން އަރަބި ލީގް ކަންބޮޑުވެއްޖެ
ހައްދުފަހަނައަޅާފައިވާ ޔަހޫދީން އާދީއްތަ ދުވަހު ފަލަސްޠީނުގެ 10 ޒުވާނުން ހައްޔަރުކޮށް ޣާޒާގެ މަސްވެރިންނަށް ހަމަލާދޭން ފެށުމުން އަރަބިލީގުން ކަންބޮޑުވުން ފައުޅުކޮށްފިއެވެ.

އަރަބިލީގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުގެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް ފަލަސްޠީނަކީ މިނިވަން ދައުލަތަކަށް ހަދައި ދިނުމަށް ދުނިޔޭގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި އަރަބި ޤައުމުތަކުން މިކަމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.

ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު ފަލަސްޠީނަކީ އަދިވެސް އަޅުވެތިވެފައިވާ ޤައުމެއްގެ ގޮތުގައި އޮންނަންޖެހިފައިވާ ޤައުމަކަށްވާއިރު ފަލަސްޠީނުގެ ރައްޔިތުންނަކީ އެއްވެސް މިނިވަންކަމެއް ނެތި ދިރިއުޅެންޖެހިފައިވާ ބައެއްކަން އަރަބިލީގުން ވަނީ ފާހަގަކޮށްފައެވެެ.

އަރަބިލީގުން މިމޭރުމުން ގޮވައިލި ނަމަވެސް އެމެރިކާގެ ނުފޫޒުގައި އިޒްރޭލަށް ލިބޭ ބާރުގެ ސަބަބުން ފަލަސްޠީނު ރައްޔިތުންގެ ވޭނުގެ އަޑު އެހުމަށް ދުނިޔެ ވަނީ ނުކުޅެދިފައެވެ. ނަތީޖާއެއްގެ ގޮތުން އިޒްރޭލުން ގެންދަނީ ފަލަސްޠީނުގެ ބިންތަކުގައި ގެދޮރު އެޅުން އިތުރުކުރަމުންނެވެ.
މިއަދު އޮންލައިން