އަނބިމީހާ ގެ ދޫކޮށް ދިއުމުން 5 ދަރިން މަރައި ފިރިމީހާ ދަންޖެހިމަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
އަނބިމީހާ ގެ ދޫކޮށް ދިއުމުން 5 ދަރިން މަރައި ފިރިމީހާ ދަންޖެހިމަރުވެއްޖެ
އަނބިމިހާ ގެދޫކޮށް އޭނާގެ ގެއަށް ދިއުމަށްފަހު އެނބުރި ގެއަށް ނައުމުން ދެމަފިރިންނަށް ލިބިފައި ތިބި 5 ދަރިން މެރުމަށްފަފު ފިރިމީހާ އަމިއްލައަށް ދަންޖެހި މަރުވެއްޖެއެވެ.

މަރައިލި ކުދިންގެ ތެރެއިން އެންމެ ދޮށީ 10 އަހަރުގެ އަންހެން ދަރިފޫޅެކެވެ. 4 ފިރިހެން ކުދިންނަކީ އުމުރުން 8 އަހަރާއި 3 އަހަރާއި ދެމެދުގެ ކުދިންނެވެ.

އަވަށްޓެރިން ބުނީ އަނބިމީހާ ސާޖިދާ. ގެ ދޫކޮށް އޭނާގެ ގެއަށް ދިއަތާ މިހާރު މަސްތަކެއް ވެއްޖެ ކަމަށެވެ. އަދި ސާޖިދާ އަނބުރައި ގެއަށް ގެނައުމަށް ފިރިމީހާ ހުސައިން ވަރަށް ގިނަ މަސައްކަތްކޮށްފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ޕަންޖާބުގެ ފުލުހުން ވަނީ މި ހާދިސާ ހިނގިކަން ޔަޤީންކޮށްދީފައެވެ.
މިއަދު އޮންލައިން