މަޝްހުރު ފިލްމީތަރި ޝާހްރުކް ޚާނަށް ކުޑަކުދިންގެ ހިތުގެ ތަރީގެ އެވޯޑް ލިބިއްޖެއެވެ. އެވޯޑް ލިބުމުން ޝާހްރުކް ބުނީ ކުޑަ ކުދިންގެ ހިތްތަކުގެ ތަރިއަކަށް އޭނާ ހޮވުމުން އެންޓަރޓޭންމަންޓް ދާއިރާއިން އޭނާއަށް ހުރިހައި ކަމެއް ޙާޞިލުކުރެވުނީ ކަމަށެވެ.
"އަހަރެން ކުޅެންހުރި ބައިވަރު ފިލްމުތަކުގެ މަސައްކަތް ބަހައްޓާފައި މިތަނަށް މިއައީ މިއީ ޚާއްޞަ އެވޯޑަކަށްވާތީ. ކުޑަކުދިންނަކީ އަހަރެންގެ އުންމީދު. އެކުދިންނަށް ކަމެއް ކޮށްދެވިފައިވާކަން މިއަދު އެނގިއްޖެ."
މިހަފްލާގައި އެންމެ މޮޅު އަންހެން ތަރިއަކަށް ހޮވިފައިވަނީ ދީޕިކާ ޕަދުކޯން އެވެ. އެންމެ މޮޅު ފިރިހެން ތަރިއަކަށް ހޮވިފައިވަނީ ސަލްމާން ޚާންއެވެ.
އަލިއާ ބަޓަށް ވަނީ ކިޑީ ޗޮއިސް އެވޯޑް ލިބިފައެވެ. އަލިއާ ބުނީ ކުޑަކުދިންގެ ޗޮއިސްއަކަށް އޭނާ ވުމުން އުފާކުރާ ކަމަށެވެ.