ޣާޒާއަށް ބޭނުންވާ ތެޔޮ ނުލިބުމުގެ ސަބަބުން އައިސީޔޫގައި ތިބި ކުދިން މަރުވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޣާޒާއަށް ބޭނުންވާ ތެޔޮ ނުލިބުމުގެ ސަބަބުން އައިސީޔޫގައި ތިބި ކުދިން މަރުވަނީ!
ފަލަސްޠީނުގެ ޣާޒާއަށް ބޭނުންވާ ތެޔޮ ނުލިބުމުގެ ސަބަބުން ހޮސްޕިޓަލުތަކުގައި ބޭނުންކުރާ އިމަރޖެންސީ ޖެނެރޭޓަރުތައް ވެސް ހުއްޓުމަކަށް އަންނަމުންދާތީ ޑޮކްޓަރުން ކަންބޮޑުވުން ފައުޅުކުރަން ފަށައިފިއެވެ. ޖެނެރޭޓަރުތައް ނުހިންގޭތީ އައިސީޔޫގައި ތިބޭ ކުޑަކުދިން މަރުވުމުގެ ހާދިސާތައްވެސް ދަނީ ކުރިމަތިވަމުންނެވެ.

2007 ވަނަ އަހަރު އިޒްރޭލުން ޣާޒާ ބަންދުކުރިފަހުން ތޔެޔޮ ފަދަ އަސަސީ ބާވަތްތައްވެސް ޣާޒާއަށް އެރެނުކުރެވޭތީ ޣާޒާގައި ކަރަންޓުގެ ޚިދުމަތް ލިބެނީ ރޭގަނޑުގެ 8 ގަޑިއިރަށެވެ. އެހެންކަމުން ހޮސްޕިޓަލުތަކުގައި އިމަރޖެނސީ ޖަނަރޭޓަރު ހިންގަން އަަބަދުވެސް އޮންނަނީ ޖެހިފައެވެެ.

ޑޮކްޓަރުން ބުނަނީ މެޝިންގެ އެހީގައި ދިރިތިބި އެތައް ބައަކު އައިސީޔޫތަކުގައި އެބަތިބި ކަމަށެވެ. އެއިގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި އޮޕަރޭޝަންކޮށްފައި ތިބި ކުޑަކުދިންވެސް ހިމެނޭއިރު ކަރަންޓު ނުލިބި މެޝިން ހުއްޓިގެން މީހުން މަރުވާތަން ބަލަންތިބުމަކީ ވޭންހުރި ކަމެއް ކަމަށެވެ.

"އަހަރެމެން ޣާޒާގައި މަސައްކަތްކުރަނީ އިންށާނިއްޔަތަށްޓަކައި. ބޮދެތި އޮޕަރޭޝަންތައް ނުހަނު ދަތިހާލުގައި ކުރަމުން މިގެންދަނީ. އެހުރިހައި ޤްރްބާނީއެއްވުމުން ކަރަންޓް ނުލިބުމުގެ ސަބަބުން މީހުން މަރުވާތަން ދުށުމުގެ ވޭން އެނގޭނީ ހަމަ އިޙްސާސްކުރަމުން" ކަމަށް ބައެއް ޑޮކްޓަރުން ބުނެފައިވެއެވެ.

ޣާޒާގެ ރައްޔިތުން މިހާލަތުގައި ދިރިއުޅޭތާ 9 އަަހރުވެފައިވާއިރު މި ބޮދު މައްސަލައަށް ހައްލެއް ގެނެސްދެވުނު އެއްވެސް ޖަމާއަތެއް އޮތްކަމަކަށް ނުވެއެވެ. މިއިން ކަމަކާއި އަޅައިލާ އެއްވެސް ޤައުމެއްވެސް މިހާރު އެބައޮތް ކަމަކަށް ނުވެއެވެ.
މިއަދު އޮންލައިން