އިންޑޮނޭސިއާއަށް އިއްޔެ އައި ބިން ހެލުމުގައި 14 މިސްކިތް ވެއްޓިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
އިންޑޮނޭސިއާއަށް އިއްޔެ އައި ބިން ހެލުމުގައި 14 މިސްކިތް ވެއްޓިއްޖެ
އިންޑޮނޭސިއާއަށް އިއްޔެ އައި ބިން ހެލުމުގައި 14 މިސްކިތް ވެއްޓިއްޖެ އެވެ. 125 ގެ އާއި 106 ފިހާރަވެސް ވަނީ ބިމާއި ހަމަވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހުރިހައި މިސްކިތްތަކެއްވެސް ޖެހޭނީ އަލުން ބިނާކުރާށެވެ.

މިކާރިސާގައި މަރުވި މީހުންގެ އަދަދު 96 އަށް އަރާފައިވާއިރު 300 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބވިފައެވެ. އެއިގެ ތެރެއިން 73 މީހަކަށް ވަނީ ވަރަސް ބޮދެތި އަނިޔާތައް ލިބިފައެވެ.

ބިންހެލުން ސަރަހައްދުގެ މީހުން ބުނެފައިވަނީ ބިން ހެލުން އައީ ގިނަ ފަތިސް ނަމާދަށް ހޭލިފަހުން ކަމަށާއި އެހެން ނޫންނަމަ މަރުވި މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ.
މިއަދު އޮންލައިން