ދެކުނު ތައިލަންޑުގެ ބައެއް ރަށަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުން "ޓްރެވަލް ބޭން" ނެރެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ދެކުނު ތައިލަންޑުގެ ބައެއް ރަށަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުން "ޓްރެވަލް ބޭން" ނެރެފި
ދެކުނު ތައިލެންޑުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ ބައެއް ޤައުމުތަކުން އެއީ ނުރައްކާތެރި ސަރަހެއްދެއް ކަމަށް ކަނޑައަޅައި "ޓްރެވަލް ބޭން" ނެރެފިއެވެ.

ކޮއި ސަމުއި އައިލަންޑްގައި ވަނީ ފެން ބޮޑުވެ 14 މީހުން ަމރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ފަތުރުވެރިން ހިމެނޭކަން އަދި ވަނީ ޔަޤީން ނުކުރެވިފައެވެ.

އިނގިރޭސިވިލާތުން ބުނެފައިވަނީ އިނގިރޭސިއަކު އެ ސަރަހައްދަސް ދާނަމަ ފަރުވާތެރިވުމަށާއި މޫސުމަށް ބަލައިގެން ދަތުރުތައް ކުރުމަށެވެ.

މޫސުމީ ވިއްސާރައިގަ ދިޔަވަރުވެސް އިންތިހާއަށް ބޮޑުވާތީ މޫދަށް އެރި އުޅުންވެސް ވަނީ ނުރައްކަލުގެ ތެރޭގައެވެ. އެެހެންކަމުން އެކަންކަމަށް ސަމާލުކަން ދިނުމަށް ތައިލަންޑުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންވެސް ދަނީ އިލްތިމާސްކުރަމުންނެވެ.
މިއަދު އޮންލައިން