7 އަހަރުގެ ކުއްޖަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމަށްފަހު މަރާލުމުން އިންސާފަށް އެދި މަގުތައް ބަންދުކޮށް ތާސްކުޅެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
7 އަހަރުގެ ކުއްޖަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމަށްފަހު މަރާލުމުން އިންސާފަށް އެދި މަގުތައް ބަންދުކޮށް ތާސްކުޅެފި
7 އަހަރުގެ ކުއްޖަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމަށްފަހު މަރާލުމުން އިންސާފަށް އެދި މަގުތައް ބަންދުކޮށް ތާސްކުޅެފިއެވެ.

ކޮލަމްބިއާގައި ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނުކުމެ އެކަންކުރީ މިއަމަލު ހިންގި މީހާއަކީ މަތީ ނަސްލުގެ މީހަކަށްވާތީ އެފަދަ މީހުން ހިންގާ މިފަދަ ޖަރީމާތަކުގެ މައްސަލަ ނުބަލާތީއެވެ.

ރައްޔިތުން އެންމެ ރުޅިގަދަވީ މިޖަރީމާ ހިންގި މީހާ ކުށުން ސަލާމަތްކުރުމަށްޓަކައި އޭނާ އަކީ ބަލިމީހެއްކަމަށް ދެއްކުމުގެ ގޮތުން ކްލިނިކަކަށް އެޑްމިޓްކުރުމުންނެވެ. ރައްޔިތުން ބަންދުކުރީ ކްލިނިކުގެ ވަށައިގެން ހުރި މަގުތަކެވެ.

މިކަންކުރީ އުމުރުން 38 އަހަރުގެ ސިވިލް އިންޖިނޭރެކެވެ. އެކުއްޖާ ވަގަށް ނަގައިގެން އޭނާގެ ފްލެޓަށް ގެންގޮސް، ގަދަކަމުން ޖިންސީ ގުޅުން ހިންގުމަށްފަހު ނޭވާ ހާސްކޮށް މަރައިލީއެވެ.
މިއަދު އޮންލައިން