މެދުއިރުމަތީގެ ޤައުމުތަކާ ގުޅިގެން އީރާނާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
މެދުއިރުމަތީގެ ޤައުމުތަކާ ގުޅިގެން އީރާނާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި
މެދުއިރުމަތީގެ ޤައުމުތަކާ ގުޅިގެން އީރާނާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

ބުދަ ދުވަހު ބަހްރައިންގައި ކުރިއަށް ގެންދިއަ ޖީސީސީގެ ޤައުމުތަކުގެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން އިނގިރޭސި ބޮޑުވަޒީރު ތެރެސާ މޭ ވިދާޅުވީ މެދުއިރުމަތީގައި ޞުލްޙަ ޤާއިމުކުރެވެންޖެހޭނެ ކަމަށާއި ހަމަނުޖެހުން ހިންގާ އީރާނާ ދެކޮޅަށް ޖީސީސީގެ ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރަން އިނގިރޭސިވިލާތް އޮތީ ތައްޔާރަށް ކަމަށެވެ.

ތެރެސާ ވިދާޅުވީ މެދުއިރުމަތީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި އެހީތެރިވެދިނުމުގެ ގޮތުން އުރުދުން އާއި ބަހްރައިނުގެ ސިފައިން ތަމްރީނުކުރުމަށް އިނގިރޭސިވިލާތުން އެހީތެރިވެދޭނެ ކަމަށެވެ.

އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމަށް ނިންމުމުން އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ މާލީ މައްސަލަތައް ހައްލުކުރުމަށްޓަކައި ޖީސީސީގެ ޤައުމުތަކާއި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން އިނގިރޭސިވިލާތުން ބޭނުންވާކަންވެސް ބޮޑުވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

އިނގިރޭސިވިލާތުން ވަނީ ބަހްރައިނުގެ މައްޗަށް ވެރިވެގަނެ 100 އަހަރުވަންދެން ބާރާއި ނުފޫޒު ހިންގާފައެވެ.
މިއަދު އޮންލައިން