އެމެރިކާ ފުލުހަކު ޔޫއޭއީ ދަރިވަރެއްގެ ބޮލަށް ބަޑިޖަހާ މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އެމެރިކާ ފުލުހަކު ޔޫއޭއީ ދަރިވަރެއްގެ ބޮލަށް ބަޑިޖަހާ މަރާލައިފި
އެމެރިކާ ފުލުސް އޮފިސަރަކު ޔޫއޭއީގެ ދަރިވަރެއްގެ ބޮލަށް ބަޑިޖަހައި މަރާލައިފިއެވެ.

ދަރިވަރުގެ ބޮލަށް ބަޑިޖެހީ ދަރިވަރު ދުއްވި ކާރު ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓްވުމުން މަރާފާނެކަމުގެ ބިރަށް ދުވެގޮސް ގަސްތަކުގެ ތެރެއަށް ވަދެ އުޅެނިކޮށް ހޯދި ފުލުސް އޮފިސަރެވެ.

އުމުރުން 26 އަހަރުގެ ސައިފް ނާޞިރު މުބާރިކް ޢާލަމީރި އަކީ މިއަހަރުގެ ޖޫން މަހުން ފެށިގެން އޯހިއޯގެ ކޮލެޖެއްގައި ޤާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރެކެވެ.

ފުލުހުން މިހާރު މަސައްކަތްކުރަނީ ދަރިވަރުގެ ބޮލަށް ބަޑިޖެހީ ފުލުސް އޮފިސަރަށް ހަމަލާދޭން މަސައްކަތްކުރުމުން ކަމަށް ހެދުމަށެވެ. ނަމަވެސް ދަރިވަރުގެ އަތުން އެއްވެސް ހަތިޔާރެއް ފެނިފައެއް ނުވެއެވެ. ދަރިވަރު މެރި ފުލުސް އޮފިސަރަށް މިހާރު ވަނީ މުސާރަ ލިބޭ ގޮތަށް ޗުއްޓީ ދީފައެވެ.

ފުލުހުން ބުނަނީ ހާދިސާ އާއިބެހޭގޮތުން ބަހެއް ބުނެވޭނީ ކަންހިނގައިދިއަގޮތް ބެލުމަށްފަހުގައި ކަމަށެވެ.

ދަރިވަރު ބެލި ޑޮކްޓަރުން ބުނެފައިވަނީ ބަޑިޖަހާފައިވަނީ ސީދާ ބޮލަށް ކަމަށްވުމުން އެއީ ޤަޞްދުގައި މީހަކު މެރުމަށް ދީފައިވާ ހަމަލާއެއް ކަމަށެވެ.
މިއަދު އޮންލައިން