ޕާކިސްތާން އެއާވޭޒް ޕީއައިއޭގެ ފްލައިޓެއް ވެއްޓި ދަތުރުކުރި ހުރިހާ ފަސިންޖަރުން މަރުވެއްޖެއެވެ.
ޕީއައިއޭ އިން ބުނީ ފްލައިޓުން ދަތުރުކުރީ 40 ފަސިންޖަރުން ކަމަށާއި ހުރިހައި ފަސިންޖަރުންނާއި ފަޅުވެރިން މަރުވެފައިވާ ކަމަށެވެ.
ފްލައިޓް ދަތުރުކުރީ ޗިތްރާލް އިން ފުރައިގެން އިސްލާމް އާބާދަށެވެ. މިއަދު މެންދުރު ފްލައިޓް ފުރިތާ ދާދިކުޑައިރުކޮޅެއްގެ ތެރޭގައި ފްލައިޓާއި ގުޅުން ކެނޑުމުން ފްލައިޓް ގެއްލިއްޖެކަން ވަނީ ހާމަކޮށްފައެވެ.
ބްރޒިލްގެ ފުޓްބޯލަ ޓީމާއި އޮފިޝަލުން ގޮވައިގެން ދަތުރުކުރި ޗާޓަރު ފްލައިޓެއް ވަނީ މިދިއ ަހަފްތާގައި ވެށްޓިފައެވެ. ދަތުރުކުރި 82 މީހުންގެ ތެރެއިން ސަލާމަތްވީ އެންމެ 6 މީހުންނެވެ.