ލަވަކިޔުން ދޫކޮށް އިސްލާމް ދީނަށް ޚިދުމަތްކުރަންފެށި ޖުނައިދު ޖަމްޝީދު ޕީއައިއޭ ފްލައިޓް ވެށްޓުނު ހާދިސާގަ ނިޔާވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ލަވަކިޔުން ދޫކޮށް އިސްލާމް ދީނަށް ޚިދުމަތްކުރަންފެށި ޖުނައިދު ޖަމްޝީދު ޕީއައިއޭ ފްލައިޓް ވެށްޓުނު ހާދިސާގަ ނިޔާވެއްޖެ
ލަވަކިޔުން ދޫކޮށް އިސްލާމް ދީނަށް ޚިދުމަތްރަންފެށި ޖުނައިދު ޖަމްޝީދު މިއަދު ޕީއައިއޭ ފްލައިޓް ވެށްޓުނު ހާދިސާގައި ނިޔާވެއްޖެއެވެ. ޖުނައިދު ޖަމްޝީދަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެތެރޭގައި މިއަހަރު ހިމެނިފައިވާ މީހެކެވެ. ފޭސްބުކްގައި އޭނާގެ 2.8 މިލިއަން ސަޕޯޓަރުން އެބަތިއްބެވެ.

ޖުނައިދު ޖަމްޝީދަކީ 1980 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރަށް ޕާކިސްތާނުގެ ރޮކް ގްރޫޕްތަކާއި ތަފާތު މިޔުޒިކް ގްރޫޕުތަކުގައި ލަވަކިޔުމަށްފަހު އަދި އަމިއްލަ ގްރޫޕެއް ހަދައިގެން ލަވަކިޔައިއުޅުނު މީހެކެވެ. ލަވަކިޔުމުގެ ދާއިރާ ދޫކޮށް އިސްލާމް ދީނަށް ޚިދުމަތްކުރަން ފެށީ 2001 ވަނައަހަރުއެވެ.

ލަވަކިޔުން ދޫކޮށްލުމަށްފަހު ޖުނައިދު ޖަމްޝީދު ބުނީ އޭނާ ދެން ދެމިހުންނާނީ އިސްލާމް ދީނަށް ޚިދުމަތްކުރާ ޚާދިމެއްގެ ގޮތުގައި ކަމަށެވެ. އެއަށްފަހު ޖުނައިދު ޖަމްޝީދު އަންނަނީ މިސްތަކުންނަށް ދީނީ ނަޞޭހަތް ދިނުން ފަދަ މަސައްކަތްތައް ކުރަމުންނެވެ.
ޖުނައިދު ޖަމްޝީދު މަރުވިއިރު އުމަރަކީ 52 އަހަރެވެ.

މިއަދު ވެށްޓުނު ފްލައިޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވެފައެއް ނުވެއެވެ. ހުރިހާ އެއްމެންގެ ހަށިތައްވެސް ވަނީ ކާކުކަން ނޭނގޭވަރަށް އަނދާފައެވެ.
މިއަދު އޮންލައިން