ރެސްލިންގ ކުޅޭތީ ޓްރަމްޕް ބޯބޭލުވި މީހާގެ އަނބިމީހާ ޓްރަމްޕްގެ ވަޒީރަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރެސްލިންގ ކުޅޭތީ ޓްރަމްޕް ބޯބޭލުވި މީހާގެ އަނބިމީހާ ޓްރަމްޕްގެ ވަޒީރަކަށް!

ޓީވީ ޝޯއެއްގައި ރެސްލިންގ ކުޅުމުން ރުޅިގަދަވެ މީގެ 9 އަހަރު ކުރިން ޓްރަމްޕް ވަނީ އޭނާގެ ފިރިމީހާގެ ބޯ ބާލުވައިފައެވެ. އޭނާގެ އަނބިމީހާ ލިންޑާ އެމްސީމާހޮން މިހާރު ވަނީ ޓްރަމްޕުގެ ވަޒީރުންގެ ތެރޭގައި ހިމަނައިފައެވެ.

ލިންޑާއަށް ދީފައިވަނީ "ސްމޯލް ބިޒްނަސް އެޑްމިނިސްޓްރޭޝަން"ގެ މަޤާމެވެ، މިއީ ވަޒީރުންގެ ފެންވަރުގެ މަޤާމެކެވެ. ލިންޑާ އެމަޤާމަށް ނޮމިނޭޓްކުރިކަން މިހާރު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

ޓްރަމްޕް އޭނާގެ ވަޒީރުންގެ ގޮތުގައި ހަމޖެއްސުމަށް އިސްކަންދެނީ ބިލިއަނަރުންނާއި މަޝްހޫރު ސެލިބްރިޓީން ކަމަށްބުނެ ގިނަ ބައަކު ދަނީ ނުރުހުން ފައުޅުކުރަމުންނެވެ. ނަމަވެސް ޓްރަމްޕް ބުނަނީ އޭނާ ބޭނުންވަނީ މީހުން ކަމަށްވާ މީހުން ކަމަށެވެ.

ޓްރަމްޕް ބުނެފައިވަނީ ލިންޑާއަކީ އެންމެ 13 ރެސްލަރުން ގޮވައިގެން މަސައްކަތް ފަށައި މިހާރު ދުނިޔޭގެ ކަންކޮޅުތަކުގައި 800 ރެސްލަރުން ގެންގުޅޭ ޤާބިލް އަންހެނެއް ކަމަށެވެ.
ލިންޑާ ވަނީ ތްރަމްޕުގެ ސަރުކާރުގައި ޚިދުމަތްކުރުމަކީ ލިބުނު ޝަރަފެއްކަމަށް ބުނެފައެވެ.
މިއަދު އޮންލައިން