އިޒްރޭލާ ފަލަސްޠީނުގެ މައްސަލަތކަށް މަޝްވަރާކުރާނެ މެދުވެރިއަކަށް ޓްރަމްޕް އޭނާގެ ދަނބިދަރި ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އިޒްރޭލާ ފަލަސްޠީނުގެ މައްސަލަތކަށް މަޝްވަރާކުރާނެ މެދުވެރިއަކަށް ޓްރަމްޕް އޭނާގެ ދަނބިދަރި ހުށަހަޅައިފި

އިޒްރޭލާ ފަލަސްޠީނުގެ މައްސަލަތައް ހައްލުކުރަން މަޝްވަރާކުރާނެ މެދުވެރިއަކަށް އޭނާގެ ދަނބި ދަރި، އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެފައިވާ ޓްރަމްޕް ހުށަހަޅައިފިއެވެ.

ނިޔުޔޯލްޓައިމްސްއަށް ދިން ބަޔާނެއްގައި ޓްރަމްޕް ބުނީ އިޒްރޭލާއި ފަލަސްޠީނުގެ މެދުގައިވާ މައްސަލަތައް ހައްލުކުރެވުމަކީ އޭނާއަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. އެހެންކަމުން އޭނާ ހުރީ ދެ ޤައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދަން މަގުފަހިކޮށްދޭން ތައްޔާރަށް ކަމަށެވެ.

ޓްރަމްޕް ބުނީ އޭނާގެ ދަރިފުޅު ލްވަންކާ ކައިވެނިކޮށްގެން އުޅޭ ޔަހޫދީ އޯތޮޑޮކްސް ޖަރެޑް ކުޝްނަރ އަކީ ދެފަރާތުގެ މެދުގައި މަޝްވަރާކުރަން މެދުވެރިއެއްގެ ދައުރު އަދާކުރަން އެންމެ ޤާބިލު މީހާ ކަމަށެވެ.

ޓްރަމްޕް ވަނީ އޭނާއަށް ވެރިކަން ލިބިއްޖެނަމަ ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށްކަމަށް އެމެރިކާއިން ޤަބޫލުކުރާނެކަމަށް ބުނެފައެވެ. މިއީ އެމެރިކާގެ ކުރީގެ ރައީސުން ބަލައިނުގެން ދެކޮޅު ހަދާފައިވާ ކަމެކެވެ. އަދި އެކަމަކީ ފަލަސްޠީނުގެ އިތުރުން މުސްލިމުން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ.

އެެހެންކަމުން އިޒްރޭލާއި ފަލަސްޠީނުގެ މެދުގައި ޓްރަމްޕް ގެންނަން އެއުޅެނީ ކޮން ޞުލްޙައެއް ކަމާއިމެދު މިހާރު ވަނީ ސުވާލުއުފެދިފައެވެ. އިޒްރޭލުން މިހާރުވެސް ވަނީ އިތުރު 500 ގެ ފަލަސްޠީނުގެ ބިމުގައި އަޅާނެކަން ހާމަކޮށްފައެވެ.
މިއަދު އޮންލައިން