ކައިވެނިކުރާނެ ކަމަށްބުނެ ބީޖޭޕީ ލީޑަރެއްގެ ދަރިއަކު 19 އަަހަރުގެ ކުއްޖަކާ ޖިންސީ ގުޅުން ގި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ސުރެންދުރަ ނަގާރުގެ އެސްޕީ އެމްއާރު ޝަރުމާ ބުނީ ކައިވެނިކުރާނެ ކަމަށްބުނެ އޮޅުވާލައިގެން 19 އަހަރުގެ އަންހެން ކުއްޖަކު ހޮޓަލަކަށް ގެންގޮސް ޖިންސީ ގުޅުން ހިންގި 23 އަހަރުގެ ފިރިހެންކުއްޖާއަކީ ބީޖޭޕީގެ ޕަޓްޑި ތަލިކާ ޔުނިޓްގެ ރައީސްގެ ދަރިފުޅު ކަމަށެވެ.
ޝަރުމާ ބުނީ ދެކުދިންނަކީ ސްކޫލް އިރުންސުރެ ރައްޓެހިންކަމަށްވުމުން ފިރިހެން ކުއްޖާއަށް އިތުބާރުކޮށްފައި އަންހެން ކުއްޖާ އޭނާ އާއި ބައްދަލުކުރަން ހޮޓަލަށް ދިއައީ ކަމަށެވެ.
އިންޑިއާގައިވެސް މިފަދައިން ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގުމަކީ، ޚާއްޞަކޮށް އިއްފަތްތެރިކަން ނަގާލުމަކީ ޖިނާޢީ ކުށެކެވެ. ނަމަވެސް މިމައްސަލައިގައި އަދިވެސް ޖަރިމާ ހިންގި ފިރިހެން ކުއްޖާ ބަންދެއް ނުކުރެއެވެ.
ފުލުހުން ބުނީ ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.