ކުވައިތުގައި ސެކިޔުރިޓީ ގާޑެއްގެ ގޮތުން މަސައްކަތްކުރާ ބިދޭސީއަކަށް މަގުމަތިން ފެނުނު ދަބަހެއް ނަގައި ބެލިއިރު އޭގައި 6،600 ކުވައިތު ދީނާރާއި 3000 ޑޮލަރު އޮތެވެ.
އެއީ ދިވެހި ރުފިޔާއިން ބަލައިފިނަމަ 350،000 ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާއެވެ. ފައިސާ ހޮވި މީހާގެ މުސާރައަކީ މަހަކު 100 ދީނާރު، ގާތްގަނޑަކަށް 5000 ރުފިޔާއެވެ. އެހެންކަމުން މިއީ އޭނާގެ 70 މަސްދުވަހުގެ މުސާރަޢާއި އެއްވަރު އަދަދެކެވެ.
ފައިސާތައް ފެނުމުން އެއިގެ ވެރިމީހާ އެ ފައިސާ ނުވަތަ ދަބަސް ޙޯދަން އެނބުރި އާދޭތޯ އެތައް އިރަކު މަގުމަތީގައި ހުރެވެސް މީހަކު ނައުމުން ފައިސާތައް ގެންގޮސް ހަވާލުކުރީ އޭނާގެ މެނޭޖަރާއިއެވެ.
ކަންހިނގައިދިއަ ގޮތް މެނޭޖަރަށް ކިޔައިދިނުމުން މެނޭޖަރު ސުވާލުކުރީ އެ ދަބަސް ނެގިތަން އެއްވެސް މީހަކަށް ފެންނާނެތޯއެވެ. އެއްވެސް ޖެހިލުމެއް ނެތި ޖަވާބުގައި އޭނާ ބުނީ ފެންނާނެ ކަމަށެވެ. ﷲ ބައްލަވައިވޮޑިގެންވާ ކަމަށެވެ.
ފައިސާތައް ހޮވި މީހާ މަސައްކަތްކުރާ ރިއަލް ސްޓޭޓް ފާމުން ވަނީ އޭނާގެ ތެދުވެރިކަމަށްޓަކައި ޚާއްޞަ ހަފްލާއެއް ބާއްވައި އިނާމު ދީފައެވެ.