ސޮލޮމޮން އައިލަންޑްސް އަށް ބާރުގަދަ ގިންހެލުމެއް އަތުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ސޮލޮމޮން އައިލަންޑްސް އަށް ބާރުގަދަ ގިންހެލުމެއް އަތުވެއްޖެ!
ސޮލޮމޮން އައިލަންޑްސްއަށް ރެކްޓަރ މިންގަނޑުން 7.8 ގެ ބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ. ބިންހެލުން އައީ ހަވިރު 5:30 ގައިއިރުއެވެ.

ރިޕޯޓްތައް ބުނާގޮތުން 3 ގަޑިއރު ތެރޭ ބޮޑު ސުނާމީއެއް އަރާނެ ކަމަށް ވަނީ ބެލެވިފައެވެ. ސުނާމީ ސޮލްމޮން އައިލަންޑްސްގެ އިތުރުން ހަވާއީ، ވަނުއަޓީ، ޕަޕުއާ ނިޔުޖިނީ، ނައުރު، ނިޔު ކެލޮޑޭނިއާ ތުވާލޫ އަދި ކޮސްރާއިއަށް އަރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކުދި ރާޅުތައް މިހާރުވެސް ދަނީ އަރަމުންނެވެ. އެހެންކަމުން މިރަށްތަކުގެ ގޮނޑުދޮށު ސަރަހައްދަށް ވަރަށް ނުރައްކާތެރިވެދާނެ ކަމުގެ އިންޒާރު މިހާރު ދަނީ ދެމުންނެވެ.
މިއަދު އޮންލައިން