ފަޔަށް ބާރު ހަރުވާޅުލައިގެން އަންހެނުން ފައްޅިއަށް ވަނުން ކެރަލާގެ ހައިކޯޓުން މަނާކޮށްފިއެވެ. ކޯޓުން މިފަދަ ހުކުމެއް ކޮށްފައި މިވަނީ އެފަދަ އަމުރެއް ނުނެރުމަށް ގިނަ ބައަކު ޕެޓިޝަންތައް ހުށަހަޅާފައި ވަނިކޮށެވެ.
ހައިކޯޓުގެ އަމުރުގައި ފަޔަށް ބާރުކޮށް ހުންނަ ހަރުވާޅުލައިގެން ވަނުން މަނާކޮށްފައިވަނީ "ސްރީ ޕަދްމަނަބަސްވާމީ ޓެމްޕަލް" އަށެވެ.
މިމައްސަލަ މައްސަލައަކަށްވީ ތަފާތު ގޮތްގޮތަށް ހެދުން އަޅައިގެން ފައްޅިއަށް އަންހެނުންވަންނާތީ ގިނަ މައްސަލަތަކެއް ކުރިމަތިވުމުންނެވެ. ގިނަ ބައަކު ބޭނުންވަނީ ސާޅިއަޅައިގެން ނޫނީ ވަނަ ނުދިނުމަށެވެ. މިކަމާއި ގުޅިގެން ބައެއް ހަމަނުޖެހުންތައްވެސް ވަނީ ހިނގައިފައެވެ.
ކޯޓުގެ މިއަމުރުންވެސް އެނގެނީ އަންހެނުންނަކީ ވަކި ހަމަތަކަކުން ހެދުން އަޅަންޖެހޭ ބައެއްކަން ކަމަށް ކޯޓުގެ އަމުރައް ތާއީދުކުރާ މީހުން ދަނީ ބުނަމުންނެވެ.