ލަންކާ-ހަންބަންޓޯޓާ ޕޯޓްގެ 80 އިންސައްތަ ޗައިނާއަށް ވިއްކާލަން އެއްބަސްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ލަންކާ-ހަންބަންޓޯޓާ ޕޯޓްގެ 80 އިންސައްތަ ޗައިނާއަށް ވިއްކާލަން އެއްބަސްވެއްޖެ
ސްރީލަންކާގެ ހަންބަންޓޯޓާ ޕޯޓްގެ 80 އިންސައްތަ ޗައިނާއަށް ވިއްކާލަން އެއްބަސްވެއްޖެއެވެ. އިއްޔެ ވެފައިވާ މިއެއްބަސްވުމުގައި ވާގޮތުން ލަންކާ ޕޯޓްސްއަށް ލިބޭނީ 20 އިންސައްތައެވެ.

މެދުއިރުމައްޗަށާއި އެހެންވެސް ބައެއް ސަރަހައްދުތަކަށް ކުރާ ދަތުރުތަކަށް މުހިންމު ސަރަަހައްދެއްގައި އޮތް މި ޕޯޓްގެ 80 އިންސައްތަ ޗައިނާއަށް ވިއްކާފައިވަނީ 1.1 ބިލިއަން ޑޮލަރަށެވެ. މިއެއްބަސްވުމުގައިވާގޮތުން އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް އެއްބަސްވުމުގައިވާކަންކަން ދެ ފަރާތުންވެސް ފުރިހަމަކުރަންޖެހޭނެއެވެ.

ޗައިނާގެ ފަރާތުން ޕޯޓް ގަނެފައިވަނީ ޗައިނާ މަރޗަންޓް ހޯލްޑިންގ ކޮމްޕެނީންނެވެ.

ސްރީލަންކާގެ ޑިވޮލޮޕްމަންޓް މިނިސްޓަރު ސަމަރަ ވިކްރަމަ ވިދާޅުވީ މިއީ އެހެން ބައަކު ފާޑުކިޔަންޖެހޭ ކަމެއް ނޫންކަމަށާއި މިއީ ވިޔަފާރީގެ ފުރިހަމަ މުއާމަލާތެއް ކަމަށެވެ. އަދި ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކެއް މިމުއާމަލާތުގެ ސަބަބުން ސަރުކާރަށް ހައްލުކުރެވިއްޖެ ކަމަށެވެ.

މި އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައި މިވަނީ އިންޑިއާ އާއި އެހެންވެސް ބައެއް ޤައުމުތަކުން މިކަމާއި ދެކޮޅު ހަދަމުން ދަނިކޮށެވެ.
މިއަދު އޮންލައިން