ޖަރުމަން ދެން ހިންގާނީ އަންހެނުން- އެންޖެލާ މަރކެލްގެ ޗާންސެލަރުކަން ނިމުމުން އުރުސުލާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޖަރުމަން ދެން ހިންގާނީ އަންހެނުން- އެންޖެލާ މަރކެލްގެ ޗާންސެލަރުކަން ނިމުމުން އުރުސުލާއަށް!
ޖަރުމަނުގައި މިހާރު ކުރިއަށްދާ އެންޖެލާ މަރކެލްގެ ޗާންސެލަރުކަމުގެ ދައުރަށްފަހު އެ މަޤާމަށް އިންތިޚާބުކުރެވޭނެ ކަމަށް ބެލެވެނީ މިހާރުގެ ޑިފެންސް މިނިސްޓަރ އުރުސުލާ ގަރޓްރުޑް ވޮން ޑަރ ލެޔެން އެވެ.

1958 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެފައިވާ އުރުސުލާ ޖަރުމަމަނު ވިލާތުގެ ޑިފެންސް މިނިސްޓަރުކަމުގެ މަޤާމަށް އައްޔަނުކުރެވުނީ 2013 ވަނަ އަހަރުއެވެ. އުރުސުލާ އަކީ ޖަރުމަނުގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރެވެ.

އިކޮނޮމިކްސް އިން މަތީ ތައުލީމް ޙާޞިލުކުރައްވައިގެން ހުންނެވި އުރުސުލާ ވަނީ 2009 އިން 2013 އަށް މިނިސްޓަރ އޮފް ލޭބަރ އެންޑް ސޯޝަލް އެފެއަރޒްގެ މަޤާމު އަދާކުރައްވައިފައެވެ. އަދި 2005 އިން 2009 އަށް ވަނީ މިނިސްޓަރ އޮފް ސީނިއަރ ސިޓިޒަންސް، ވިމަން އެންޑް ޔޫތްގެ މަޤާމު އަދާކުރައްވައިފައެވެ.

އުރުސުލާގެ ބައަޕައަކީ ކުރީގެ ޔޫރަޕިއަން ކޮމިޝަންގަ އައި ޖަރުމަނުގެ ސިޔާސީ އިސް މަޤާމުތަކެއް އަދާކޮށްފައިވާ މީހެކެވެ.
އުރުސުލާ ކައިވެނިކުރައްވައިގެން އުޅުއްވަނީ މެޑިކަލް ޕްރޮފެސަރެއް ކަމަށްވާ ހެއިކެރ ވޮން ޑަރ ލެޔެން އާއި ކައިވެންޏަށް 7 ދަރިން ލިބިފައިވެއެވެ.

އުރުސުލާއަކީ މަޤާމުގައި ސާބިތު ބޭފުޅެކެވެ. ޑިފެންސް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަހަރު ވަނީ އެއްވެސް ބިރެއް ނެތި 3 ފަހަރު އަފްގާނިސްތާނަށް ވަޑައިގެން އެ ޤައުމުން ޖަރުމަން ސިފައިން ފޭބުމުގައި އަމަލީ ގޮތުން މަސައްކަތްޕުޅު ކުރައްވައިފައެވެ.

އުރުސުލާއަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު އެއް ގޮންޖެހުމަށް ވެފައިވަނީ ސޯޝަލް އެފެއަރޒް މިނިސްޓަރުކަމުގައި ހުންނަވައި ސޯޝަލް މީޑިއާގައި ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ދެއްކުން މަނާކުރެއްވުމަށް ކުރެއްވެވި މަސައްކަތްޕުޅުތަކެވެ. އެކަމުގެ ތެރޭގައި އެކަމަނާއަށް ވަނަމެއްވެސް ހަރުކުރިއެވެ. ނަމަވެސް އެކަން ވަނީ ކާމިޔާބުކުރައްވައިފައެވެ.
މިއަދު އޮންލައިން