ޖައްވަށް ދިއުމުގައި އެންމެ ދުވަސްވީ މީހާގެ ހައިޞިއްޔަތުން ދެފަހަރު ރެކޯޑް ހަދާފައިވާ ފަޚުރުވެރިޔާ ޖޯން ގްލެން މަރުވެއްޖެއެވެ. މަރުވިއިރު އުމުރަކީ 95 އަހަރެވެ.
މަރުވީ އޯހިއޯ ކެންސަރު ހޮސްޕިޓަލުގައެވެ. ނަމަވެސް އޭނާ މަރުވި ސަބަބު އޭނާގެ ތަރުޖަމާނު ހާމައެއް ނުކުރެއެވެ.
އިންސާނުންގެ ނިޔަތް ދެނެވޮޑިގެންވަނީ މާތްﷲ އެވެ. ބައެއް މީހުންނަކީ ދީން ސިއްރުކޮށްގެން ތިބޭ ބައަކަށްވާތީ އެއްވެސް މީހަކީ ކާފަރެއްކަމަށް ކަނޑައަޅައިގެން ނުވާނެ ކަމަށް އެއްބައަކު ބުނާއިރު އަނެއް ބައަކު ބުނަނީ އިސްލާމްކަން ފައުޅުކޮށްފައި ނުވާނަމަ ކާފަރެއްކަމަށް ބުނެވިދާނެ ކަމަށެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ!
ޖޯން ގްލެން އަކީ ޖައްވަށް ދިއުމުގައި ދެ ފަހަރު ރެކޯޑް ހެދުމުން ދުނިޔޭގެ ތަރިއެކެވެ. އެމެރިކާގެ އެންމެ ފަޚުރުވެރި އެއްދަރިއެވެ. އޭނާ މަރުވެގެން އެދިއައީ ފަކުރުވެރިކަމާއިއެކުގައެވެ. ސުވާލަކީ ދެން ދާނީ ކޮންތަނަކަށް ކަމާއިމެދު އުފެދޭ ސުވާލެވެ. ދުނިޔޭގައި ލިބޭ ފަޚުރުވެރިކަމަކީ އާޚިރަތުގައި ފައިދާ ކުރާނެ އެއްޗެއް ނޫނެވެ. ފައިދާ ކުރާނީ މާތްﷲގެ މަގުގައި ހެޔޮ އަމަލެއް ކުރެވިފައިވާނަމައެވެ.
ފޮޓޯގައިވާ ފަދައިން އިނގިލި ކޮޅަށް ޖަހައިލެވޭނީ ޤިޔާމަތް ދުވަހު ހިސާބު ބައްލަވައި ނިމުމުންނެވެ. އެދުވަހު އެސްޓްރޯނޯޓުންނަށް ވާނީ ސަލާމަތްކަމާއިއެކު ޞިރާޠުމަގު ހުރަސްކުރެވޭ މީހުންނަށެވެ.