ރާޖަޕަކްސަ ވެރިކަމަށް އަންނަން ދަތުރުފަށައި ސްޕީޑް ބާރުކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރާޖަޕަކްސަ ވެރިކަމަށް އަންނަން ދަތުރުފަށައި ސްޕީޑް ބާރުކުރަނީ!
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ލަންކާގެ ވެރިކަމަށް އެނބުރިއައުމަށް ދަތުރުފަށައި ސްޕީޑް ބާރުކުރަން ފަށައިފިއެވެ.

ލަންކާގެ ކުރީގެ ޚާރިޖީވަޒިރު ގާމިނީ ޕީރިސް ވަނީ ސްރީލަންކާ ޕޮދްޖަނަ ޕެރުމުނަ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައިފައެވެ. ޕާޓީ ހިންގުމުގައި އިސްކޮށް ހުރީ ރާޖަޕަކްސަގެ ކޮއްކޮ ކުރީގެ އިކޮނޮމިކް އެފެއަރޒް މިނިސްޓަރ ބަސިލް ރާޖަޕަކްސައެވެ.

ޕާޓީއާއި ރަސްމީކޮށް އަދި މަހިންދަ ރާޖަޕަކްސަ ގުޅިފައި ނުވި ނަމަވެސް ޕާޓީގެ ކަންކަން ހިންގަނީ މަހިންދަ ރާޖަޕަކްސަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިދިއަ ހަފްތާގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން މަހިންދަ ރާޖަޕަކްސަ ބުނެފައިވަނީ ކަންކަން ނިމޭގޮތް ބަލަން ތިބުމަށެވެ.

މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ގިނަ ނަމަވެސް ގިނަބައަކު ބުނަނީ ރާޖަޕަކްސަގެ ސަރުކާރުގައި މިހާރަށްވުރެ ރައްޔިތުންނަށް ކަންކަން ފަސޭހަކަމަށެވެ.

ރައީސް ސިރިސޭނަގެ ސަރުކާރަށް މާލީ ގޮތުން ދަތިތައް ހުރުމުން ގިނަ މަޝްރުއުތަކެއް އަދިވެސް ހުއްޓިފައި ހުރުމާއި ރައްޔިތުންނަށް ދުވަހެއް ދުވަހަކަށް ދަތިތައް ބޮޑުވަމުން އަންނާތީ ދެން ބާއްވާ އިންތިޚާބެއްގައި މިހާރުގެ ސަރުކާރު ވެއްޓޭނެކަމަށް ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން