ތައިލަަންޑުން ފެނުނު މިނިމަސްކާ އަވަށް- ފުލުހުންވެސް ބަލަނީ މަސްކޮޅެއް ލިބޭތޯ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ތައިލަަންޑުން ފެނުނު މިނިމަސްކާ އަވަށް- ފުލުހުންވެސް ބަލަނީ މަސްކޮޅެއް ލިބޭތޯ!
ތައިލަންޑުން މިނިމަސް ކާ އަވަށެއް ފެނުމުން ދުނިޔެ ވަނީ ސިހުމަކަށް އައިސްފައެވެ. މިފަދަ ވާހަކަތައް އަޑު އިވުނު ނަމަވެސް މިހައި ތަނަށް ގިނަ ބައަކަށް އެކަން ޤަބޫލެއް ނުކުރެވެއެވެ.

ދުނިޔޭގެ ސަމާލުކަން އެކަމަށް އައީ ކޮންމެވެސް ފަރާތަކުން މަންޒަރުތައް ފޮޓޯނަގައި ޢާންމުކުރުމުންނެވެ.

ފޮޓޯތައް އާންމުކުރި މީހާ ބުނާގޮތުން އެއަވަށުގެ މީހުން ގިނައިން މަރަނީ އެއަވަށަށްދާ އެހެންމީހުންނެވެ. އަދި ފުލުހުންވެސް ބަލަނީ މީހަކު މަރާތަން ފެނިއްޖެނަމަ މަރާލެވުނު މީހާގެ މަސްކޮޅެއް ލިބޭތޯއެވެ. އެހެންކަމުން މިފަދަ އެއްވެސް މައްސަލައެއް ބެލޭނެ އެއްވެސް ގޮތެއް ނުއޮވެއެވެ.

ނަގާފައިވާ ފޮޓޯތަކަށް ބަލާއިރު މަރާލުމަށްފަހު މަސްތައް ކަނޑައި ނަގަނީ ޢާންމުތަންތަނުގައެވެ. ގިނަ ބައަކު އެއްވެގެންނެވެ. އެހެންކަމުން އެއީ އެއަވަށުގައި އެންމެން ބައިވެރިވާ ޢާންމުކަމެއްކަން މިވަނީ އެނގިފައެވެ.
މިއަދު އޮންލައިން