ހަލްބުން ނުކުތް ގިނަ އަދަދެއްގެ ފިރިހެނުން ގެއްލިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ހަލްބުން ނުކުތް ގިނަ އަދަދެއްގެ ފިރިހެނުން ގެއްލިއްޖެ
ސީރިޔާގެ ހަލްބުން ނުކުތުމުގެ ފުރުޞަތު ދިނުމުން ސަލާމަތްކަމާއިއެކު ނުކުމެވޭނެކަމުގެ އުންމީދުގައި ނުކުތް އެތައް ސަތޭކަ ފިރިހެނުންނަށް ވީނުވީއެއް ނުއެނގި ގެއްލިއްޖެއެވެ.

އދ އިންސަނީ ހައްޤުތަކާއިބެހޭ އޮފީހުން ބުނީ އާއިލާތަކަށް ގެއްލިފައިވަނީ އުމުރުން 30 އަހަރާއި 50 އަހަރުގެ ފިރިހެނުން ކަމަށެވެ. އަދި މިއީ އދ އިން ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އދ އިން ބުނީ މިމީހުން ގެއްލިފައިވަނީ ހަނގުރާމަވެރިން ކޮންޓްރޯލްކުރާ ސަރަހައްދުން ނުކުމެ ސަރުކާރުން ކޮންޓްރޯލްކުރާ ސަރަހައްދަށް ދިއަ ފަހުންކަން އެނގޭކަމަށެވެ.

ހަލްބުގެ ހަނގުރާމަވެރިންނަށް ހަމަލާދޭން މިއަދު ވަނީ ފަށައިފައެވެ. އަދި ރިޕޯޓްތައް ބުނާގޮތުން ހަނގުރާމަވެރިން ކޮންޓްރޯލް ކުރަމުން އަންނަ އިރުމަތީ ސަރަހައްދުން 85 އިންސައްތަ ސަރަހައްދު މިހާރު ވަނީ ބަޝާރުގެ ސިފައިން ހިފައިފައެވެ.

އައިއެސްގެ ހަނގުރާމަވެރިން އަދިވެސް ދަނީ ހަމަލާދެމުންނެވެ. ރިޕޯޓްތަްއ ބުނާގޮތުން މިއަދުވެސް އައިއެސް އިން ވަނީ ބަޝާރުގެ ސިފައިންގެ 49 މީހުން މަރައިފައެވެ.
މިއަދު އޮންލައިން