އިރާގުގެ ވެރިކަން ބަދަލުކޮށް ސައްދާމް ހުސައިން އަވަހާރަކޮށްލަން ބޭނުންވުމުން އެމެރިކާއިން ކުރިމަތިކުރުވި އެންމެ ބޮޑު އެއްމައްސަލައަކީ "ސައްދާމް ހުސައިން އޮތްޕުޅުގައި ހުރި ނުރައްކާތެރި ހަތިޔާރު" ކަން ދުނިޔެ ޤަބޫލުކުރެއެވެ.
އެބުނާ ބާރުގަދަ ނުރައްކާތެރި ހަތިޔާރަކީ ވުޖޫދުގައި ހުރި އެއްޗެއް ނޫން ކަމާއި އެއީ އެމެރިކާއިން ހެދި ބޮޑު ދޮގެއްކަންވެސް ދުނިޔެއަށް ވަނީ ފަޅާއަރައިފައެވެ.
ނިމިގެންދިއަ އެމެރިކާގެ ރިޔާސީ އިންތިޚާބު ޓްރަމްޕަށް ކާމިޔާބުކޮށްދިނުމަށް ރަސިއާއިން ކަންތައްތަކެއް ކުރިކަމަށް މިއަދު ސީއައިއޭ އިން ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ބައެއް ނޫސްތަކުގައި ބުނެފައިވަނީ ރަސިއާއަށް އެފަދަ ތުހުމަތުތަކެއް ކުރަނީ ސައްދާމް ހުސައިން އަތްޕުލުގައި ނުރައްކާތެރި ހަތިޔާރުތަކެއް ހުރިކަމަށް ބުނި މީހުން ކަމަށެވެ.
އެހެންކަމުން ސީއައިއޭ އިން ނެރޭ ބަޔާންތަކަކީ ހަޤީޤަތާއި އެއްގޮތަށް ނެރޭ ބަޔާންތަކެއް ނޫންކަމަށާއި އެފަހަރަކު ބޭނުންވާ ގޮތަށް ނެރޭ ބަޔާންތަކެއް ބުނެ އެމެރިކާއަށް ޖޯކް ޖަހަމުން އެގެންދަނީ ހަމަ އެމެރިކާއިންނެވެ.