ސުޝްމާ ސްވަރާޖްގެ ކިޑްނީ ބަދަލުކޮށްފި- އޮޕަރޭޝަން ކާމިޔާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ސުޝްމާ ސްވަރާޖްގެ ކިޑްނީ ބަދަލުކޮށްފި- އޮޕަރޭޝަން ކާމިޔާބު!
އިންޑިއާގެ ޚާރިޖީވަޒީރު ސުޝްމާ ސްވަރާޖްގެ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން މިއަދުކޮށްފިއެވެ. އިންޑިއާގެ އެއިމްސް މެޑިކަލް އިންސްތިޓިޔުޓްގައި ކުރި މިއޮޕަރޭޝަން ވަނީ ކާމިޔާބުވެފައެވެ.

ހެނދުނު 9:00 ގައި ފެށި އޮޕަރޭޝަން ނިމުނީ 2:30 ހައިއިރުއެވެ. އޮޕަރޭޝަނަށްފަހު އައިސީޔޫއަށް ވަނީ ވަގުތުން ބަދަލުކޮށްފައެވެ.

އޮޕަރޭޝަނަށްފަހު ޑޮކްޓަރުންގެ ޓީމުން ބުނީ އޮޕަރޭޝަން ކާމިޔާބު ކަމަށާއި ކަންކަން ރަނގަޅަށް ކުރިއަށްދާނަމަ ހަފްތާއެއްހައި ދުވަހުގެތެރޭގައި ގެއަށް ފޮނުވޭވަރުވާނެ ކަމަށެވެ.

ޑޮކްޓަރުން ބުނީ ސުޝްމާއަށް ކިޑްނީ ހަދިޔާކުރީ ޢާއިލާގެ މެންބަރެއް ނޫން ކަމަށާއި 40 ގެ އަންހެނެއް ކަމަށެވެ.

ސުޝްމާ ޑައިލިސިސް ހައްދަވަމުން ގެންދަވާތާ މަސްތަކެއް ވެއްޖެއެވެ. ސުޝްމާއަށް އަަވަސް ޝިފާއަކަށް އެދި ގިނަ ބައަކު ަދަނީ ދުއާކޮށް މެސެޖުތައް ފޮނުވަމުންނެވެ. ބައެއް ޤައުމުތަކުގެ އިސްވެރިން ވަނީ މެސެޖު ފޮނުއްވައިފައެވެ.
މިއަދު އޮންލައިން