ޖިންސީ ގުޅުން ހިންގަން ދެކޮޅު ހެދުމުން އަލިފާން ރޯކުރުމަށްފަހު އަނދަން ދުކޮށްލުމަށްޓަކައިި ފެންނެން ވަޅަކަށް އެއްލާލައިފިއެވެ.
މިހާދިސާ ހިންގީ އިންޑިއާގެ ކަންދްރާގެ އަވަށުގައެވެ.
ސްކޫލުގައި ކިޔަވަމުންދާ ދަރިވަރު ގޭކައިރީގައި ހުއްޓާ ދެ ފިރިހެނަކު އައިސް އެމީހުންނާއިއެކު ދިއުމަށް އެދުމުން ކުއްޖާ ވަނީ ދެކޮޅު ހަދައިފައެވެ.
ފުލުހުން ބުނީ ކުއްޖާ އެމީހުންނާއިއެކު ދިއުމަށް ދެކޮޅު ހެދުމުން ކޮނޑަށް ލައިގެން ގެންދިއައީ ކަމަށެވެ. އަދި ހިލަ ތަޅާ ގަލެއްގެ މަތީގައި ބާއްވާފައި ކުއްޖާގެ ފޭރާން އިރާލައި ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުމުންވެސް ކުއްޖާ އެކަމަށް ދެކޮޅު ހަދައި އަޑުގަދަކުރަންފެށީ ކަމަށެވެ.
"ކުއްޖާ ދުއްވައިގަތީމާ ހިފަހައްޓާފައި ބުރަކަށްޓަށް ކަރާސީން ޖެހުމަށްފަހު އަލިފާން ރޯކޮށްފަ. ނަގާ އެތަނުގަ ހުރި ފެންނެތް ވަޅަކަށް އެއްލައިލީ."
ފުލުހުން ބުނީ ކުއްޖާ ވަޅުން ސަލާމަތްކުރީ ވަޅުގައި އޮވެގެން ރޯއަޑު އިވުނު އަންހެނެއް ކަމަށެވެ. އަދި މިހާދިސާގައި ކުއްޖާގެ ހަށިގަނޑުން 60 އިންސައްތަ ފިހިފައިވާ ކަމަށެވެ.
ކަންދްރާ ޕޮލިސް ސްޓޭޝަނުން ބުނީ މިމައްސަލަ އާއި ގުޅިގެން ބައަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންނަކީ އެ އަވަށުގެ ބައެއް ނޫން ކަމަށެވެ. އިންޑިއާގެ ފުލުހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މިފަދަ އަނިޔާވެރި އަމަލުތައް ހިންގުމުގެ މައްސަލަތައްކަން ގިނަ ބައަކު ފާހަގަކުރެއެވެ.