ކިތަންމެ މުއްސަނދި މަހުޖަނެއް ނަމަވެސް ދައުލަތުގެ މުދަލުން ވައްކަންކޮށްގެން ފިލައި ނުހުރެވޭނެކަން އެންގުމުގެ ގޮތުން އިންޑިއާގެ މަހުޖަނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ޖެސޮޕްސް ޑުމް ޑުމް ކުންފުނީގެ ވެރިޔާ ޕާވަން ރުއިއާ އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ފުލުހުން ހައްޔަރު ކުރީ އިންޑިއަން ރޭލްވޭސްއަށް ބޭނުންވާ ބަގީތަކެއް ހެއްދުމަށްޓަކައި 50 ކްރޯޑް ރުޕިސްގެ ތަކެތި އޭނާގެ ކުންފުނިން ގެއްލުމާއި ގުޅިގެންނެވެ.
މިމައްސަލަ ރޭލްވޭ އިން ފުލުހުންނަށް ހުށަހެޅުމަށް އޭނާގެ ފެކްޓްރީ ބެލުމަށްފަހު އެކި ފަހަރުމަތިން ސީއައިޑީ ޑިޕާޓްމަންޓަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ. އެކަމަށް އެއްބާރުލުން ނުދިނުމުން ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރުކޮށް ތަޙްޤީޤް ފަށައިފައެވެ.
އޭނާގެ ފެކްޓްރީގައި މިއަހަރު ވަނީ އަލިފާނުގެ ހާދިސާތަކާއި ވައްކަމުގެ ހާދިސާތައްވެސް ހިނގައިފައެވެ. ނަމަވެސް އެއީ ޤަޞްދުކޮށްފައިވާ ކަންކަން ނޫންކަން ވަނީ ކަށަވަރު ނުކުރެވިފައެވެ.