ބޭބީ ޑައިޕަރސްގަ ފޮރުވައިގެން 16 ކިލޯ ރަން ދިއްލީއަށް އެތެރެކޮށްފިއެވެ.
މިރަންތައް އެތެރެކޮށްފައިވަނީ 1 ކިލޯގެ ރަންބިސްކޯދުގެ ގޮތުގައި ވަކިވަކިންނެވެ. މި ރަންތައް އެތެރެކުރީ ސޫރަތަށް ނިޞްބަތްވާ ދެ ޢާއިލާއަކުންނެވެ.
ފުލުހުން ބުނީ ކުރިން މައުލޫމާތު ލިބިފައިވުމާއިއެކު މިމީހުންގެ ލަގެޖް އިތުރަށް ޗެކުކުރަން އުޅުމުން އެކަމަށް އެމީހުން ދެކޮޅު ހެދިކަމަށެވެ. އެމީހުންގެ ނުރުހުމާއިއެކުވެސް ޗެކުކުރުމުން މިތަކެތި ހޯދިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މިގޮތަށް ޤަވާއިދާއި ޚިލާފަސް އެތެރެކުރަނިކޮށް އަތުލެވޭ ރަންފަދަ ތަކެތި ވެގެންދާނީ ދައުލަތަށް ލިބޭ އެއްޗަކަށެވެ.